ފަހުގެ ޚަބަރު


އިތުރަށް...

ތާރީޚް: : Monday, May 26, 2014 [0] ކޮމެންޓްތައް ފާހަގަ:

އެއްހާސް އަހަރު – ބާރަވަނަ ބައި

ލިޔުނީ: Unknown
އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.

އޭނާ މަޑުމަޑުން ބިޝާރާއާއި ގާތަށް ޖެހިލި އެވެ.
"ކަލޭ ހާދަ ބޯގަޅިއޭ ދޯ. މިފަދަ ހަނދުވަރެއްގައި މިހެން ހާމަކޮށް އޮތްތަނަކަށް ނުކުތުން އެއީ މޮޔަކަމެއްކަން ހަމަ ނޭނގޭތަ؟" އޭނާގެ އަޑުގައިވަނީ ހަމަޖެހުމުގެ އަސަރެެވެ. ހަމަ ގައިމުވެސް އޭނާގެ ބަސްމަގު އެހާ ބިރުވެރިއެއް ނޫނެނެވެ.
"ހީވާކަހަލަ މަށަށް އަތުވާން ބޭނުންވެގެން މިތަނަށް ނުކުތީއޭ."

"ނޫން. ނޫން. އަހަ.. އަހަންނަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން މިހިސާބަށްވެސް މި އާދެވުނީ."

"އެކަމަކުވެސް ތީ ހަމަ ފިނިހަކަ ދުވެލި ދުވާމީހެއްކަން މިހާރު އެނގިއްޖެ. އާނ އެހެންޏާ، މީގެ ތިން ގަޑިއެއްހާއިރު ކުރިން އަހަރެން ކަލޭ ދޫކޮށްލީ މިތަނާ ދާދި ކައިރި ހިސާބަކަށް. މަށަށް ހީވަނީ ކަލޭ ވަށްބުރެއް ވާގޮތަށްހެން ތިޔަ ދުވުނީ."

އާނއެކެވެ. ބިޝާރާއަށް ދުވެވުނީ ވަށްބުރަކަށް ވާގޮތަށް ހަމަ އެއްތަންކޮޅެއްގައި ކަމަށް އޭރުވެސް އޭނާއަށް ހީކުރެވުނެވެ. ވާވަދެވުނީމާ ގިނަ މީހުންނަށް ވާގޮތަކީވެސް އެއެވެ.

"އަސްލު ކަލޭ މިކަން ތި ނެގީ މާ ފަސޭހަ ކަމެއްކަމަށް. ހަމަ ގައިމުވެސް އަހަރެން ބޭނުންވަނީ މިއަށްވުރެން ޗެލެންޖިންގ ގޮތަކަށް ކަލޭ ޝިކާރަކޮށްލަން." ފޮނި ގޮތަކަށް ޔަރަސް ބުނެލިއެވެ. ވޭމްޕަޔާއަކީ އާއްމުކޮށްވެސް އެހާ ފޮނިކަނޑާ މަޚްލޫޤެކެވެ.

"އެހެންތަ؟ ދެން އެހެންވިއްޔާ އަދި އަހަންނަށް އެއް ފުރުޞަތު ދޭންވީނު!" ބިޝާރާވެސް ޔަރަސް ވާހަކަދެއްކި ސަމާސާ ރާގަށް ވާހަކަދެއްކޭތޯ މަސައްކަތްކުރި އެވެ. އެހާ ފަސޭހައިން އެ ރާގުގައި އެހެން ބުނެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަށްވެސް ނުވިސްނުނެވެ. ހަމަ ގައިމުވެސް މީގެ ކުޑައިރުކޮޅެއް ކުރިން މުޅި ވަލުތެރޭގައި ރޭގަނޑުގެ ވަގުތުގައި ދެވަނަ ފަހަރަށް ދުވަން ހިތަށް އެރުވުމަކީވެސް މޮޔައަކު ނޫނީ ނުކުރާނެ ކަމެއްކަން އޭނާއަށްވެސް އެނގެއެވެ.

"ނޫނޭ، ނޫނޭ. އަހަރެންގެ ކިބައިން ސަލާމަތްވުމަށް ކަލެޔަށް ތިން ގަޑިއިރު ދިނީމެއްނު! އޭރު އަހަރުމެން އެެއްބަސްވީ އިރުއެރުމުގެ ކުރިން އަހަންނަށް ކަލޭ އަތުލެވިއްޖެނަމަ ތީ އަހަރެންގެ މިލްކަކަށް ވާނެކަމަކަށްނު. އެވެސް އަހަރެން ބޭނުންގޮތެއް ހަދަން."

ބިޝާރާ ފަހަތަށް ޖެހިލިއެވެ.
"ޕްލީސް. ޕްލީސް! އާދޭސްކޮށްފަ މިބުނަނީ އަހަރެން މަރައިނުލައި ދޫކޮށްލަދީ، ޕްލީސް!"

"ތިހެން ދޫކޮށްލާނީ ކިހިނެތް މަގޭ ލޯބިލޯބި ޖާނުގަނޑާ. ކަލޭ އަހަރެންގެ މުށުން ދޫކޮށްލެވޭ ވަރަށްވުރެން މިހާރު މިހުރީ މާބޮޑަށް ބަނޑުހައިވެސްވެފަ. އަތަށް ފުށްކޮޅު ދީފަ މުށުން ދެމިގަންނާކަށް ޗާންސެއް ދެވޭކަށް ނެތް."

ޝާޢިރީ ބަސްތަކަކުން ނަމަވެސް ޔަރަސް އެބުނީ ބިޝާރާއަށް ވިހަގަދަ ބަސްތަކެކެވެ. ބިރުންގޮސް މުޅި ގަޔަށް ހީރޯޅިއެއް އަރައިގެން ދިޔައެވެ. ބޮލުން ފެށިގެން ފައިގެ އިނގިލިތަކުގެ ކޮޅާ ހަމައަށް އެ އިޙްސާސް އޭނާއަށް ކުރެވުނެވެ.
"ﷲ އަކްބަރް، ﷲ އަކްބަރު، ސުބްޙާނަﷲ."
ބިޝާރާ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަންފެށި އެވެ. ހަމަ ޔަޤީނުންވެސް މިފަހަރު މިއީ އޭނާގެ އަޖަލު ހަމަވާނެ ފަހަރުކަމާމެދު ޝައްކުކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ. މިފަހަރު ޔަރަސް އެބުނިހެން ދެވަނަ ފުރުސަތެއް ނުދޭނެއެވެ. މިރެއަކީ އޭނާގެ ފުރާނަ ނިމިދާނެ ރެއެވެ. ހުރިހައި ކަމެއް ނިމުނީ އެވެ. ހުރިހައި ކަމެކެވެ. އޭނާގެ ޒުވާން ޢުމުރު އަދި ކުރިޔަށް އޮތީއެވެ. ދެކެމުން އައި ހުވަފެންތަކުގައިވެސް އަދިވަނީ ކުލަޖައްސަން ނުފެށިފަށެވެ، އެހެނަސް މިހާ އަވަހަށް އޭނާގެ އަޖަލު ހަމަވީ ކަމަށް ނިންމިއެވެ.

ޔަރަސް ބިޝާރާއާއި ކައިރިއަށް ޖެހިލިއެވެ. ބިޝާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީންނިއެވެ. އޭނާގެ ލޮލުގައިވަނީ އަނދިކަމުގެ ސައިލެއް ފެތުރިފައެވެ. ކަޅުވެފައިވާ ލޮލުގެ ބޮނޑިތެރެއިން ވިދަވިދާހުރި ކަޅިރަވައިން ބިޝާރާއަށް ބަލަންފެށިއެވެ. އޭނާ ހުރީ ރުޅިއައިސްފައެވެ. ނުހަނުބޮޑަށް ރުޅިއައިސްފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އޭނާ ބިޝާރާދެކެ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ ބިޝާރާ މާ އަވަހަށް އަތުލެވުނީމާ ހެއްޔެވެ؟
ޔަރަސް އޭނާގެ ވާތުން ބިޝާރާގެ އަތުގައި ހިފިއެވެ. އަނެއް އަތުން ބިޝާރާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގައި ރީތިކޮށްލިއެވެ. ބިޝާރާ ހައިރާންކަމާއެކު ޔަރަސް އަށް ބަލައިލިއެވެ. ހަމައެއާއިއެކު އޭނާގެ މޫނުމައްޗަށް ބިރުވެރިކަމާއި މޮޅިވެރިކަން ވަދެއްޖެއެވެ. އެވަގުތު ބިޝާރާ އިސްދަށަށް ޖަހައިލި އެވެ.
"އަހަރެންގެ ލޭ ބޮއިލާންނަތަ ހަމަ؟ އަހަންނަށް ވަރަށް ތަދުވާނެތަ؟" އެއީ ޔަރަސްއަށް މުޚާޠަބުކުރެވުނު ނަމަވެސް ޚުދު އޭނާގެ އަމިއްލަ ނަފުސާއި ކޮށްލި ސުވާލުތަކެއްފަދައެވެ. ބިޝާރާ ގަދަކަމުން ހިންދިރުވާލި އެވެ. އޭނާގެ ލަގޮނޑި ހީވަނީ ބޭރަށް ނުކުންނަން އުޅޭހެންނެވެ.

ކުއްލިއަކަށް ބިޝާރާގެ ޙާލާއިމެދު ޔަރަސް ދެރަވެއްޖެ އެވެ. އެއީ ޚުދު އޭނާއަށްވެސް ހައިރާންކަމެއް ލިބުނު ކަމެކެވެ. މިއިން ޒަމާނަކުވެސް އިންސާނަކާއި މެދު އޭނާގެ ހިތުގައި ހަމްދަރުދީއެއް އުފެދު ހަނދާނެއްވެސް އޭނާގެ ނެތެވެ. އެހެންކަމުން އެކަންވީ އާދަޔާ ޚިލާފް ކަމަކަށެވެ. ބިޝާރާގެ އިސްތަށިގަނޑުމަޑުކަން ޔަރަސްއަށް އިޙްސާސްކުރެވުނެވެ. އޭނާގެ ކޯތާފަތުގެ މަޑުކަމުންވެސް ހައިރާންވިއެވެ. ބިޝާރާގެ އުނގުމަތީގައި ބާއްވާލާފައިވާ އޭނާގެ ދެ އަތްތިލައިގައި ހިފަހައްޓާލާފައިވާ ޔަރަސްގެ އަތްތިލައަށް ބަަލައިއެވެ. އޭނާގެ އަޖަލު ހަމަވެއްޖެކަމަށް ނިންމި ނިންމުން އެހިސާބުން ބަދަލުކޮށްލިއެވެ. ޔަރަސް އަށް އައި ބަދަލު ބިޝާރާއަށް ފާހަގަ ކުރެވުނެވެ.
ޔަރަސްއަށް އައި ބަދަލުގެ ސިއްރަކީ ބިޝާރާގެ ހިތްވަރުއެލިގެން ދިޔަދިޔުމެވެ. އޭނާ އުއްމީދު ކަނޑައިލައި މާޔޫސްވި މާޔޫސްވުމެވެ. ބަލި ގަބޫލުކުރެވުނު ހިސާބުން އެކަމުގެ އަގު ދައްކަން ޖެހޭނެކަން ބިޝާރާއަށް ވިސްނުނު ހިސާބެވެ. އެ ހިސާބުންފެށިގެން އޭނާއަކީ ޔަރަސްގެ އަޅެއްކަން އޭނާ ޤަބޫލުކުރިއެވެ. ނަމަވެސް އޭގެ މާނައަކީ އޭނާގެ ލެއިފޮދު ބޮއެލާ މަރާލުން ނޫންކަން ދެމީހުންނަށްވެސް ވިސްނުނެވެ.

"އަދި އެއްފަހަރު ކަލެއަށްކިޔާ ނަން ބުނެބަލަ؟"  ގޮތް ހުސްވެފައިވާ އިންސާނަކާއި މިފަދަ ގޮތަކަށް ސުވާލެއް ކޮށްލެވުކަން ޤަބޫލުކުރަންވެސް ޔަރަސް އަށް ދަތިވިއެވެ. އެ އަންހެންކުއްޖާއަކީ އެހެން މީހެއްނަމަ މިހާރު އޭނާގެ ހަށިގަނޑުގައި އެންމެ ލެއި ތިއްކެއްވެސް ނުބަހައްޓާ ލެއި ބޮއެ ހުސްކޮށްލަފާނެކަން ޔަޤީނެވެ. އެކަމަކު މިފަހަރު އޭނާ ބިޝާރާއަށް ހަމަލާ ނުދީ އެ ހުރެވެނީ ކީއްވެގެންބާވައެވެ. މިހެންވުމަކީ ޔަރަސްގެ ޠަބީޢަތަކާއި ކުޑަކޮށްވެސް ގުޅޭކަމެއް ނޫނެވެ. އެހެން ޙާލަތެއްނަމަ، މިހާރު ޔަރަސް ހުންނާނީ އެ ކުއްޖާގެ ލެއިފޮދު ބޮއެލުމަށްފަހު ތާޒާވެލައިގެންނެވެ. އޭނާ ހުރީ އެހާވެސް ބަނޑުހައިވެފައެވެ. އަދި ބިޝާރާގެ ލެއިން ދުވާ ޚާއްޞަ މީރުވަސްވެސް އޭނާއަށް ހަމަ ރަނގަޅަށްވެސް ދުވަމުންދެއެވެ. އެ ލެއިގެ ރަހަ އޭނާ ހަނދާން އެބަހުއްޓެވެ. އެ ލެއަކީ މިވީ އެއްހާސް އަހަރުދުވަހު އޭނާ ރަހަބަލާފައިވާ އެހެން ހުރިހައި ލެޔަކާއި ތަފާތު ލެއެކެވެ.
"ބި-ބި- ބިޝާރާ." ޔަރަސް ކުރަމުންދިޔަ ފިކުރުން ނުކުމެވުނީ ބިޝާރާގެ ހިތްގައިމު އަޑުންނެވެ. އޭރުވެސް ބިޝާރާާ އިނީ އޭނާގެ އަތަށް ބަލާށެވެ.
"މަށާ ވާހަކަދައްކާއިރު މަށާދިމާއަށް ބަލައިގެންހުރެ ވާހަކަދައްކަބަލަ، ބިޝާރާ."
"އަ-އަހަންނަކަށް ނު- ނުކެރޭނެ. ސޮރީ."
"އެއީ ކީއްވެ؟"
"އެއީ އަހަރެންގެ ލެއި ބޮއެލަން ތައްޔާރަށްހުރި މަޚްލޫގެއްގެ މޫނަށް ބަލަހައްޓައިގެން ހުންނަން ނުކެރޭނެތީ!"
"އަހަންނެއް ނޫޅެމޭ ކަލޭގެ ލޭ ބޮއެ ހުސްކޮށްލާކަށް. ދެން މަށާދިމާއަށް ބަލާލަބަލަ!!
ބިޝާރާ އިސްއުފުލާލަމުން ޔަރަސްއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ. ބިޝާރާގެ ލޮލަކީ ރީތި ލޮލެކެވެ. ނަމަވެސް ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ. އެ ދެލޮލުން ބިރުގެ އިހްސާސް މިހާރު ފެންނަންހުރީ ވަރަށް ކުޑަކޮށްނެވެ. އެއީ އާދަޔާޚިލާފު ކަމެކެވެ. ޔަރަސްއަށް ބިޝާރާ ޚާއްޞަވީވެސް އެހެންވެއެވެ.
ޔަރަސްގެ ދެއަތްތިލަ އެއްކޮށް ބިޝާރާގެ ކޯތާފަތުގައި މަޑުމަޑުން ޖައްސާލިއެވެ. އަދި އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. ހަމަ އެވަގުތު އޭނާގެ ތުންފަތް ބިޝާރާގެ ކަނދުރާއާއި ދިމާއަށް ގެންދަންފެށިއެވެ. ބިޝާރާގެ ގަޔަށް ވެރިވިވި ތުރުތުރު އެޅުން ޔަރަސްއަށް އިހްސާސް ކުރެވުނެވެ.
"އަހަރެން ބުނީމެއްނު ނޫޅެމޭ ކަލޭގެ ލޭފޮދު ބޮއެ ހުސްކޮށްލާކަށް. އެކަމަކު އަހަރެން މިހުރީ ވަރަށް ހައިވެފަ. އަހަރެން ނުބުނަމެއްނު ތިޔަ ކަރުދަށުގައި ދަތްނާޅާނަމެކޭ." މިހެން ބުނުމާއިއެކު ޔަރަސްގެ ދިގުވެފައިވާ ދެ ފޭރާދަތް ބިޝާރާގެ ކަނދުރާއަށް ކޮށްޕާލިއެވެ.
ނުނިމޭ
ތާރީޚް: : Monday, March 10, 2014 [0] ކޮމެންޓްތައް ފާހަގަ: ,

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Unknown
ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަކެއްގެ ބަހުސް އިއްޔެ ބާއްވައިފިއެވެ.
ލިޔުނީ: Unknown
ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށާއި އަދި އެ މައްސަލަ ޝެޑިއުލްކޮށްފައިނުވާ ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާ އިރު ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ދުއްވާފައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ.

އެ މީހުން ނިޒާރަށް ދިން ހަމަލާގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މަރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.
ލިޔުނީ: Unknown
ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން އިސްދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް އިސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން މިމަހުގެ 11 ވަނަ ދުވަހު ހެނދުނު 08:50 ހާއިރު އިސްދޫއިންނެވެ.

ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ އަތުލައިގެންފައިވަނީ އިސްދޫއަށް އައި ބޯޓަށް އެރުމަށްފަހު އެ ބޯޓުން ފައިބައިގެންގޮސް ސައިކަލަކަށް އަރާ ދުއްވާލިތަނުންނެވެ. އަދި އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ފިލްމް ހުސްކުރި ދަޅެއް ވަނީ އެއްލާލާފައެވެ. ރަތްކުލައިގެ އިންސްލޭޝަން ޓޭޕް އަޅާފައިވާ މި ދަޅު ނަގައި ބަލައިފާސްކުރުމުން އެދަޅުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއްވެސް ފެނިފައިވެއެވެ.

މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ލިޔުނީ: Unknown
ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހެނދުނު 09:15 ހާއިރުއެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިރު ކާރަށް ވަނީ ބޮތެޑި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ކާރުގެ ކުރީކޮޅު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ކާރު ޖެހުނު ރުއް ވަނީ ބިމުން ލުހި، ބިންދައިގެންގޮސް ފައެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނާއީ މަގުން މުކުރިމަގުން ތުނޑީ އަވަށާ ވީކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް  ކާރު ކޮންޓްރޯލް ނުވެ ގޮސް މަގު މެދުގައި ހުރި  ރުކެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިނީ ކުޑަކުއްޖެކެއެވެ.

މި އެކްސިޑެންޓް ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ލިޔުނީ: Unknown
ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަދޫ ދާޢިރާގެ މެންބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޢަބްދުއްރަހީމް ޢަބްދުﷲ އަށްވެސް ޓިކެޓް ކަށަވަރުވެއްޖެއެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ 13 ބޭފުޅަކަށް ޓިކެޓު ކަށަވަރުވެފައި ވަނީ އެ ދާއިރާތަކަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނުވަ މެމްބަރަކު ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ލ. ފޮނަދޫ ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށެވެ.

ވިލިމާފަންނު ދާއިރާގެ ޓިކެޓު މިހާރުވެސް އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ނިހާން ހުސައިން މަނިކަށް ކަށަވަރުވި އިރު ގަލޮޅު ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށެވެ.

އޭދަފުށީ ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އަށް ކަށަވަރުވިއިރު ފ. ނިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށެވެ.

ހއ. ކެލާ ދާއިރާގެ ޓިކެޓު ކަށަވަރުވީ ހދ. ވައިކަރަދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަލީ އާރިފަށެވެ.

ދިއްގަރު ދާއިރާގެ ޓިކެޓް އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމަށް ކަށަވަރުވިއިރު ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދަށެވެ.

ވިލުފުށީ ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ކަށަވަރުވިއިރު ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވީ މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒު) އަށެވެ.

ޕީޕީއެމްގެ އޮފިޝަލް ވިދާޅުވީ ވޮލީ ރިޔާޒަށް އެ ދާއިރާ ކަށަވަރުވީ އެ ދާއިރާ އަށް ކުރިމަތިލެއްވި އަނެއް ކެންޑިޑޭޓް ނަން އަނބުރާ ގެންދެވުމުން ކަމަށެވެ.

ތ. ގުރައިދޫ ދާއިރާގެ ޓިކެޓް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން މަނިކު ދޮންމަނިކަށް ކަށަވަރުވި އިރު ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުވީ ގދ. ތިނަދޫ ފަތިސް ސައުދުﷲ ހިލްމީ އަށެވެ. އަދި ބާރަށު ދާއިރާގެ ޓިކެޓު ކަށަވަރުވީ ހއ. ބާރަށް ސައުދީމަންޒިލް އިބްރާހިމް ސުޖާއު އަށެވެ.

އޮފިޝަލް ވިދާޅުވީ ބާކީ ހުރި ދާއިރާތަކަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވާފައިވާތީ އެ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޚަބަރު: ސަން އޮންލައިން