ފަހުގެ ޚަބަރު


އިތުރަށް...

ލ. ހިދަތޫގައި ރައީސް ނަޝީދު ދޮންކެޔޮލާ ކިރައިފި

ލިޔުނީ: Unknown - Monday, April 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ހިތަދޫ އެމްޑީޕީ މެންބަރުން ރައީސް ނަޝީދު ދޮންކެޔޮލާ ކިރަނީ - ފޮޓޯ: މީކާއީލް
ލ. ހިތަދޫ އެމްޑީޕީ މެންބަރުން ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓިގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ދޮންކެޔޮލާ ކިރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ނަޝީދު ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުގައި ބައިވެރިވަމުންދާ އެލްއޭ ނިއުސްގެ މުރާސިލު ބުނީ މިއީ ލ. ހިތަދޫ އެމްޑީޕީ އަންހެންވެރިން ވަރަށް ދުރާލާ ތައްޔާރުވެގެން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށެވެ.

"ވަރަށް ކުރިން ކެޔޮ ދޮންކޮށްފަ ވަނީ. އެމީހުން ބޭނުންވަނީ ރައީސް ނަޝީދަށް ތާއިދުކުރާ މިންވަރާއި ރައީސް ނަޝިދު ދެކެ ލޯބިވާ މިންވަރު ދިވެހި ޘަޤާފަތުގައި ހިމެނޭ ކަމެއްކަމަށްވާ 'ކިރުމުން' ދައްކާލަން." އެލްއޭ ނިއުސް މުރާސިލް ބުންޏެވެ.
ލ. ހިތަދޫ އެމްޑީޕީ މެންބަރުން ރައީސް ނަޝީދު ދޮންކެޔޮލާ ކިރަނީ - ފޮޓޯ: ސަންގޯރު
ރައީސް ނަޝީދުގެ ބަރުދަނަށް ދޮންކެޔޮ އެޅުމަށްފަހު ނަޝީދު ކިރާ ނިންމުމަށްފަހު ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ޖަލްސާ ވަނީ ފެށިފައެވެ.

ހިތަދޫން ވަނީ ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއްވެސް ކިޔާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް