ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ފުރަތަމަ ރައީސް އަމިއްލަ ދަތުރުފުޅެެއްގައި ފޮނަދުއަށް ވަޑައިގެންފި

ލިޔުނީ: Unknown - Monday, August 20, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ފުރަތަމަ ރައީސް އަދި ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރގެ ގޮތުގައި ހުންނެވި އިބްރާހިމް އިސްމާޢީލް (އިބްރާ) އަމިއްލަ ދަތުރުފުޅެއްގައި އިއްޔެ ހަވޯރު ފޮނަދުއަށް ވަޑައިގެންފިއެވެ.
އިބްރާއަށް މަރުޙަބާ ކިޔުމަށް އިއްޔެ ހަވީރު ކައްދޫ ވައިގެ ބަނދަރުގައި އެމްޑީޕީ ގަންފޮނަދުއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މެންބަރުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިދަތުރުފުޅުގައި ގަންފޮނަދޫ އެމްޑީޕީ މެންބަރުންނާއި ބައްދަލުކޮށްލައްވާނެ ކަމަށްވެސް ބެލެވެއެވެ. 
އެލް.އޭ އަށް މަޢުލޫމާތު ލިބިފައިވާގޮތުން އިބްރާގެ މިދަތުރުފުޅަކީ މުޅި ޢާއިލާއާއި އެކު ފޮނަދޫގައި ޗުއްޓީހޭދަކޮށްލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް