ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝިދާއި ދެކޮޅަށް ދައުވާކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަން: ޕީޕީއެމް

ލިޔުނީ: Unknown - Friday, August 31, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ރައީސް މުހަންމަދު ނަޝިދުގެ ވެރިކަމުގައި ހިންގާފައިވާ ގާނޫނާއި ހިލާފު ކަންކަމުގެ ދައުވާ ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނަންކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ކޯނި ރިޕޯޓުގައި މި ސަރުކާރަކީ ގާނޫނީ ހަމަތަކުގެ މަތިން އައިސްފައިވާ ސަރުކާރެއް ކަމަށް ނިންމާފައި ވުމުން ޕީޕީއެމްއިން އެކަމާއި ގުޅިގެ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ލީޑަރ އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީ އަކީ އެމީހުންނާއި ދެކޮޅަށް ނިމޭ އެއްކަމެއްވެސް ގަބޫލުކުރާނެ ބައެއް ނޫން ކަމަށާއި ބަޣާވާތޭ ބުނަމުން އައި އައުމަށް މިހާރު މިއޮތީ ނިމުމެއް އައިސްފައި ކަމަށެވެ.
"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ފެށޭ ހަފްތާ ތެރޭގަ އެމަސައްކަތް ފަށާނަން. ބަލަންޖެހޭ ބެލުންތަކެއްބަލާފަ ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްފަ، ހުށައަޅަންޖެހޭ މައްސަލަތައް ހުށައަޅަމުން ގެންދާނަށް. އުންމީދުކުރަން އަޅުގަނޑުމެންގެ އިތުރަށް ދިވެހި ދައުލަތުންވެސް އެކަން ކުރާނެކަމަށް،" ރައީސް ނަޝިދާއި މެދު ދައުވާ ކުރާނެ ކަމަށް ކުރިން ޕީޕީއެމްއިން ބުނެފައިވުވުމް އެކަމާއި ގުޅެގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ ޕީޕީއެމްއިން ބަލަނީ ރައީސް ނަޝިދު ނޫނަސް ގާނޫނާއި ހިލާފު އަމަލުތައް ކުރާ ފަރާތްތަކަށް ގާނޫނީ އަދަބު ދިނުމަށް ކަމަށާއި، ބަޣާވާތެއް ނޫންކަމަށް ކޯނިގެ ރިޕޯޓުގައި އޮވެއްޖެނަމަ މަގުމަތިން ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ތައްޔާރަށް ހުންނަކަމަށް ބުނެފައި ވީނަމަވެސް އެކަން ނުވާނެ ކަމަށެވެ.
ވެރިކަމަކީ މަގުމަތިން ވައްޓާލެވޭނެ އެއްޗެއް ނޫން ކަމަށާއި، ހަތެއް ފެބްރުއަރީގައި ރައީސް ނަޝިދު އިސްތިއުފާ ދިނީ މީހުން އެއްވެގެން ނޫން ކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ. އަދި ރައީސް ނަޝިދުގެ ވެރިކަން ވެއްޓުނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެތައް ކަމެއް ކޮށްފައި ވުމުން އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ މީ ބަޣާވާތީ ސަރުކާރެއް ނޫންކަމަށް ކޯނިގެ ރިޕޯޓުން މުޅި ދުނިއެއަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގެ އުފަލުގައި ޕީޕީއެމްއިން ރެލީއެއް ބޭއްވުމަށްވެސް ހަމަޖެހިފައި ވާކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.

މަގުމަތިން ސަރުކާރު ނުވެއްޓޭނެކަމަށް އަބްދުއް ރަހީމް ވިދާޅުވެފައި ވާއިރު މިމަހުގެ 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ލީޑަރެއް ކަމަށްވާ އުމަރު ނަސީރު ވިދާޅުވީ މަގުމަތިން ވެރިކަން ބަލަދުކުރަން ބޭނުންނަމަ 20000 މީހުން ނެރެން ޖެހޭނެ ކަމަށާއި، އެ އަދަދައްވުރެ މަދުން މީހުން ނެރެގެން ވެރިކަން މަގުމަތިން ވައްޓާ ނުލެވޭނެ ކަމަށެވެ.
ޚަބަރުނެގީ: ސީއެންއެމް އިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް