ފަހުގެ ޚަބަރު


އިތުރަށް...

އަރުހަމް މަރާލި މައްސަލައިގައި މާވަށު ދެމީހަކާއި އިތުރު ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ހުށަ އަޅާފައި

ލިޔުނީ: Unknown - Tuesday, August 21, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަރުހަމް މަރާލި މައްސަލައިގައި މާވަށު ދެމީހަކާއި އިތުރު ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ހުށަ އަޅާފައި

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި ވަޅިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ހޯރަފުށީ ނޫރީގެ، މުހައްމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަރުހަމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މއ. ސީނަރީވިޔު، އާތިފު ރަޝީދު، 21 އާއި ގ. ދާސްތާން، ހުސެއިން އަލީމް ކަމަށެވެ. ނަމަވެސް އަލީމަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހަކަށް ވާތީ އޭނާ ޑީޕީއާރުއެސްއާ ހަވާލުކޮށްފައިވާ ކަމަށާއި ވެސް އޭނާ ވިދާޅުވި އެވެ.

އަރުހަމް މަރާލި މައްސަލައިގައި ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފްޔާން 19، އާއި ލ. މާވަށް އެވާބްލޫގެ މުހައްމަދު ވިސާމު 19، އާއި ހަމަ އެ ރަށު އަސަރީގޭ، މަންސޫރު ޔޫސުފް 23، އާއި މއ. ސީނަރީވިޔު، އާތިފު ރަޝީދު، 21 އާއި ގ. ދާސްތާން، ހުސެއިން އަލީމްގެ އިތުރުން މއ. ކަބާލިފަރު، އަލީ މިފްރާހު އަހުމަދު 21ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ހުށަހަޅައިފަ އެވެ.

ހަރުހަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމީހުންގެ ތެރެއިން ސުފުޔާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަނޑިއަކުން ޖަހައި މއ. ބްލޫރޯޒް ވިލާގޭގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލަ ޝަރީއަތަށް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް