ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ކަރަންޓްގެ މައްސަލައިގައި އެކާވީސް މުދައްރިސުން ކައުންސިލް އިދާރާއާއި އިންޖީނުގެއަށް ގޮސް ޝުޢޫރު ފާޅުކޮށްފި

ލިޔުނީ: Unknown - Monday, September 3, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

*ދަރިވަރުންގެ ޙައްޤުތައް ގެއްލެމުންދާތީ އެތަނަށް ދިޔައީ - މުދައްރިސެއް
ހަތް މަސްދުވަހަށް ދިގުދެމިފައިވާ ފޮނަދޫ ކަރަންޓްގެ މައްސަލައިގައި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކާވީސް މުދައްރިސުން ކައުންސިލް އިދާރާއާއި އިންޖީނުގެއަށް އިއްޔެ މެންދުރު ގޮސް ޝުޢޫރު ފާޅުކޮށްފިއެވެ.
އިއްޔެ ރަސްމީ ސެޝަން ނިންމާލުމަށްފަހު ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 21 ދޭސީ މުދައްރިސުން އެންމެ ފުރަތަމަ ދިޔައީ އިންޖީނުގެއަށް ކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވައެވެ.
"އަޅުގަނޑުމެން އިންޖީނުގެއަށް ދިއުމުން އެތާނގެ ދޮރުލެއްޕީ. ދެން އެތާ ތިބެފަ ނިކުންނަން ފެށުމުން އިންޖީނުގޭ މުވައްޒަފަކު ބުނީ މިތާކު ނެތޭ ކަރާ ވިއްކާކަށް." ފޮނަދޫ ރައްޔިތުންނަށް ބަރާބަރަށް ކަރަންޓް ދިނުމަށް ނުކުޅެދިފައިވާ އިންޖީނުގޭގެ މުވައްޒަފެއް ވަރަށް ބޭ އަދަބީ ގޮތަކަށް ޢަމަލު ކުރިމަކަމަށް މަޢުލޫމާތު ލިބެއެވެ.
"އަޅުގަނޑުމެން އެތަނުން ދިޔައީ ކައުންސިލް އިދާރާއަށް. އެތަނަށް ގޮސް އެތައް އިރަކު ސިޑިމަތީގަ ތިބިފަހުން ކައުންސިލް އިސް ބޭފުޅުންނާ ބައްދަލު ކުރެވުނީ. އަޅުގަނޑުމެން ދިޔައީ މަޢުލޫމާތު ސާފުކޮށް ދަރިވަރުންގެ ޙައްޤުތައް ގެއްލެމުންދާތީ އެކަމާ ވާހަކަ ދައްކަން. ނަމަވެސް ކައުންސިލް ރައީސް އަޅުގަނޑުމެން ސުވާލުކޮށްކޮށް ތިއްބާ ދެން ނިމުނީކަމަށް ބުނެ ބައްދަލުވުން ނިންމާލީ އެކަށީގެންވާ ވަރަށް ޖަވާބުދާރީ ނުވެ." ކައުންސިލް ރައީސް ޢަބްދުﷲ ޝަރީފް ޢަމަލުކުރެއްވި ގޮތާމެދު ނުރުހިފައި ތިބެ މުދައްރިސުން ކިޔައިދިނެވެ. ކައުންސިލް ރައީސާއި ނައިބް ރައީސްގެ އިތުރުން މި ބައްްދަލުވުމުގައި ކައުންސިލް ފުރަތަމަ ރައީސް ވެސް ބައިވެރި ވެލެއްވިއެވެ.
"އަޅުގަނޑުމެންނަށް ޙަޤީގަތުގަވެސް ވަރަށް ދަތިވޭ. ވޯރކްޝީޓް ހެދުމާއި ޓެސްޓް ޕޭޕަރު ހެދުންފަދަ ކަންކަމާ އެހެނިހެން ކަންކަމުގަ. އެހެންވެ މަޢުލޫމާތު ސާފުކޮށްލަން ދިޔައީ. އެކަމަކު އިންޖީނުގޭގެ ދެފަރާތުގެ ދޮރުގައި ތަޅުލުމުން ވަރަށް ހައިރާންވި. އަޅުގަނޑުމެން ދިޔައީ އެއްވެސް ސިޔާސީ ފިކުރެއް ނުވަތަ އެހެންވެސް ފިކުރެއްގައެއް ނޫން. ރައްޔިތުންގެ ގޮތުގައެއް ނޫން. މުދައްރިސުންގެ ގޮތުގައި ހަމަ މަޢުލޫމާތު ހޯދުމަށް މިކަންތައް ހައްލުވާނެ އިރެއް ބަލަން."
"ކައުންސިލް ނައިބް ރައީސް މުޅިިންވެސް ދެއްކީ މެންބަރު އަދުރޭގެ ބާރުގަދަ ވާހަކަ މި ސަރުކާރުގަ. އަދި އޭނާއަށް ކަންތައްތައް ކުރެވޭ ވާހަކަ." އަންނަ މަހު 500 ކިލޯގެ ޖަނަރޭޓަރެއް އަދުރޭގެ މަސައްކަތުން ލިބޭނެ ކަމަށް ކައުންސިލް އިދާރާއިން ބުނިކަމަށްވެސް މުދައްރިސުން މަޢުލޫމާތު ދިނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް