ފަހުގެ ޚަބަރު


އިތުރަށް...

ރަންކުރި ދޯނި ހޯދަން އިންޑިއާގެ ކޯސްޓް ގާޑާ ގުޅިގެން ހާއްސަ ހަރަކާތެއް ފަށަނީ

ލިޔުނީ: Unknown - Thursday, September 20, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހަތަރު މީހުންނާ އެކު ގެއްލިފައިވާ "ރަންކުރި" ދޯނި ހޯދުމަށް އިންޑިއާގެ ކޯސްޓް ގާޑާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ބުރާސްފަތިދުވަހު ފަށާނެ ކަމަށް ދިވެހި ސިފައިން ބުނެފި އެވެ.


ކޯސްޓް ގާޑް ބިލްޑިންގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑްގެ މޭޖާ މުހައްމަދު ސަލީމް ވިދާޅުވީ މިދިއަ ހޯމަދުވަހު އެ ދޯނީގެ އިންޖީނު ހުއްޓިގެން ބެހެމުންދާކަން ކޯސްޓް ގާޑަށް އެނގުނު ހިސާބުން ފެށިގެން ސަދަން އޭރިޔާ އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ގޮތުން އައްޑޫގައި އޮތް ކޯސްޓް ގާޑް އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ފޮނުވާ ލެވުނުއިރު، ކާޑެއްދޫގައި އޮތް ހާބާ ޕެޓްރޯލް ލޯންޗް ވެސް ދޯނި ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކޯސްޓް ގާޑުން ބުނި ގޮތުގައި ރަންކުރި ދޯނި ހޯދުމުގެ މަސައްކަތުގައި "ރެހެންދި" ހެލިކޮޕްޓަރު ވެސް ހަރަކާތްތެރިވަމުން އާދެ އެވެ. އަދި މޯލްޑިވިއަންގެ ޑޯނިއާ މަތިންދާ ބޯޓެއް ވެސް މި އޮޕަރޭޝަންގައި ބައިވެރިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޯނި ގެއްލިގެން ކޯސްޓް ގާޑަށް ރިޕޯޓްކުރި ދުވަހު މޫސުން ގޯސް، އުޑުމަތި ބަނަވުމުން ވައިގެ މަގުން އެ ސަރަހައްދު ބަލަން ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށެވެ
އޭނާ ވިދާޅުވީ ދޯނި އޮތް ސަރަހައްދު ދެނެގަތަށް މޮބައިލްގެ ރޭންޖު ބަލައިގެން ވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މި ގެންދަނީ ހުރި ވަސީލަތްތައް ބޭނުންކޮށްގެން މި ހަތަރު މީހުންގެ ފުރާނަ ސަލާމަތްކުރަން،" ސަލީމް ވިދާޅުވި އެވެ
ކޯސްޓް ގާޑުން ބުނީ ރާއްޖޭގެ އީއީޒެޑުގައި ހަރަކާތްތެރިވާ އިންޑިއާގެ ކޯސްޓް ގާޑްގެ މަނަވަރެއް ބުރާސްފަތިދުވަހުގެ ވަގުތެއްގައި މި އޮޕަރޭޝަންގައި ބައިވެރިވާނެ ކަމަށެވެ. އެ އުޅަނދާ އެކު، އިންޑިއާގެ ސާވޭލެންސް މަތިންދާ ބޯޓެއްގެ އެހީ ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ
ސަލީމް ވިދާޅުވީ ދޯނި ބެހުނު ދުވަހުން ފެށިގެން މިހާ ހިސާބަށް އަންދާޒާކުރާ އިރު 160 މޭލު ބޭރަށް އެ ދޯނި ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ދޯނި އަދިވެސް އޮތީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސަލީމް ވިދާޅުވީ އެ ދޯނީގައި ހަފުތާއަކަށް ވާވަރަށް ކާތަކެއްޗާއި ފެން ހުންނާނެ ކަމަށް އޮޑިވެރިޔާ ބުނެފައިވާ ކަމަށެވެ. 



"އަޅުގަނޑުމެންނަށް އޮޑިވެރިޔާ މައުލޫމާތު ދޭ ދޯނީގައި ސެޓާއި ޖީޕީއެސް ވެސް ހުންނާނެ ކަމަށް. ނަމަވެސް އެ ސެޓުން ގޮވާ ނަމަ އަޅުގަނޑުމެންނަށް ހޯދަން ވަރަށް ފަސޭހަވާނެ. ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ހިލަމެއް ނުވޭ. ބައެއް ފަހަރު ބެޓެރި މައްސަލަ ދިމާވުން ފަދަ މައްސަލަތައް ސެޓްތަކަށް ދިމާވެފައި ހުރޭ. އެހެންވެ އަޅުގަނޑުމެންގެ މިހާރުގެ ކޮންސާނަކީ ސެޓް ހުރުމާ ނެތުމެއް ނޫން. އެމީހުން ސަލާމަތް ކުރުން،" ސަލީމް ވިދާޅުވި އެވެ.


ޚަބަރު: ހަވީރު އޮންލައިން - ފޮޓޯ: ސަން އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް