ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބެއް ކާމިޔާބު ކުރެވޭ ވަރަށްވުރެ ޑީއާރްޕީ ކުޑަ: ޕީޕީއެމް

ލިޔުނީ: Unknown - Tuesday, September 25, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑީއާރްޕީއަކީ ރާއްޖޭގައި އޮތް ކުދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ކަމަށާއި އެއީ އިންތިހާބެއް ކާމިޔާބު ކުރެވޭވަރުގެ ޕާޓީއެއް ނޫން ކަމަށް ބުނެ ޕީޕީއެމް އިން ޑީއާރްޕީއަށް ފާޑުކިޔައިފި އެވެ.

ޕީޕީއެމް އިން ރ. އަތޮޅަށް ކުރި ދަތުރު ނިންމާލުމަށް ފަހު އިއްޔެ ނޫސްވެރިނާއި ބައްދަލު ކުރައްވާ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ޑީއާރްޕީއަށާއި އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީނު އަލީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ބައި އިލެކްޝަންތަކުގައި ޑީއާރްޕީ ފެއިލްވަމުންދާ ދިއުމުން ޑީއާރްޕީގެ އަސްލު މިހާރު ފެންނަ ކަމަށާއި އެޕާޓީއަކީ ރާއްޖޭގެ ކުޑަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ކަމަށެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ބާރުގެ ދަށަށް ވެރިކަން ފުރޮޅިއްޖެނަމަ ފެންނާނީ ބަދަލު ހިފުމުގެ ރޫހު ކަމަށް ތަސްމީނު ވިދާޅުވެފައި ވާތީ އެއަށް ރައްދު ދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ މައުމޫނަކީ ބަދަލު ހިއްޕަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީ ދުވަސްވަރު އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް މަސައްކަތްކުރި މީހުންނަށް ވެސް އެމަނިކުފާނު މައާފް ދެއްވާފައިވާ ކަމަށާއި އެކަމުން ވެސް އެމަނިކުފާނު ބަދަލު ނުހިއްޕަވާނެކަން ދޭހަވާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރ. އަތޮޅު އަލިފުށި ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމް ކާމިޔާބު ކުރެވެމުން ރާއްޖޭގެ ސިޔާސީ މަޝްރަހް އޮތް ގޮތް އެނގިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ. އަދި އެ އިންތިހާބު ޑީއާރްޕީއަށް ޕީޕީއެމްގެ ސައިޒް އެނގިގެންދާނެ ކަމަށްވެސް އެނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ބޭއްވި އަލިފުށި ދާއިރާގެ ކައުންސިލް ބައި އިލެކްޝަން ޕީޕީއެމް ކާމިޔާބުކުރީ ޑީއާރްޕީއާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާ ވާދަކޮށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް