ފަހުގެ ޚަބަރު


އިތުރަށް...

ކޫއްޑޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ލިޔުނީ: Unknown - Saturday, September 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:


ގއ. އަތޮޅުގައި ތަރައްގީކޮށް މިމަހުގެ 10 ވަނަ ދުވަހު ހުޅުވާ ކޫއްޑޫ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު 11:50 ހާއިރު ޖައްސައިފިއެވެ.

ކޫއްޑޫއަށް މިއަދު ޖައްސާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ޑޭޝް 8 މަރުކާރުގެ ބޯޓެކެވެ. މި ފްލައިޓް ކޫއްޑޫއަށް ފުރީ ކައްދޫ ވައިގެބަނދަރުންނެވެ. ކޫއްޑޫ އެއަރޕޯޓް ހުޅުވި ދުވަސްކޮޅެއް ވަންދެން އެތާނގައި މަސައްކަތް ކުރުމަށް ކައްދޫ އޮފީހުން އިދާރީ މުވައްޒަފަކާއި ކައްދޫ ސެކިއުރިޓީ ގާޑެއް މިދިޔަ ހަފުތާގައި ކޫއްޑުއަށް ގޮސްފައިވެއެވެ.
ކޫއްޑޫ އެއާޕޯޓްގެ ގްރައުންޑް ހޭޑްލިން ސަރުކާރުން ޙަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި އެވެ.

ކޫއްޑޫ އެއާޕޯޓް ތަރައްގީ ކުރަނީ ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ބޮނަވިސްޓާއިންނެވެ. އަދި މި އެއާޕޯޓުގެ ކޮންޓްރެކްޓަރަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ކޭ އެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސް އެވެ. މި އެއާޕޯޓް މި މަހު 10 ވަނަ ދުވަހު ހުޅުއްވައި ދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް