ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީން ސަރުކާރުގައި ބައިވެރިވާން ހުށަހެޅީ ގޮތް ހުސްވުމުން: އަބުދުއްރަހީމު

ލިޔުނީ: Unknown - Monday, September 3, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ ގޮތް ހުސްވުމުން ކަމަށް ޕީޕީއެމުގެ ޑެޕިއުޓީ ލީޑަރު އަބުދުއްރަހީމު އަބުދުﷲ ވިދާޅުވެެއްޖެއެވެ. 

ޕީީޕީއެމުގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަބުދުއްރަހީމު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި މިއީ ބަޣާވާތްކޮށްގެން ގެނެސްފައިވާ ސަރުކާރެއް ނޫން ކަމަށް ނިންމުމާއި ގުޅިގެން ބައިނަލު އަގުވާމީ ހުރިހާ ފަރާތްތަކަކުން ސަރުކާރު ބަލައިގަނެފައިވާ ކަމަށެވެ. އަދި މިހާރު އެނޫން އެހެން ގޮތެއް އެމްޑީޕީއަށް ނެތް ކަމަށް ވެސް އަބުދުއްރަހީމު ވިދާޅުވިއެވެ. 

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެބޭފުޅުން އެއުޅެނީ އަނެއްކާ ވެސް އިތުރު ކުޅިއެއް ކުޅުއްވަން ވެގެން ކަމަށް. އެއީ މި ސަރުކާރު މިހާރު މިއޮތީ ބައިނަލް އަގްވާމީ ދުނިޔެއިން ގަބޫލުކޮށްފަ. އަދި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި ދޭތެރޭ ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް މިހާރަކު ނެތީމަ އެބޭފުޅުންނަށް އެބަ އެނގޭ ތިމަންނާމެން މަގުމައްޗަށް ނިކުމެ ހަޅޭ ލެވިއަސް އަދި އުސްފަސްގަނޑުގަ ތިބެގެން ސައްލާކުރިއަސް ދެނެއް ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި ގުޅޭގޮތުން ސުވާލު ނުއުފައްދާނެކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑިޕީން ސަރުކާރުގައި ބައިވެރިވާން ހުށަހަޅާފައިވަނީ ސަރުކާރު ކޯލިޝަން ތެރޭގައިޮ މައްސަލަތައް އުފެއްދުމަށް ކަމަށް ވެސް އަބުއްރަހީމު ތުހުމަތު ކުރެއްވިއެވެ.

"އެބޭފުޅުން އެ އުޅެނީ މި ސަރުކާރުގަ ތިބެގެން މި ސަރުކާރު ހަލާކު ކޮށްލުމުގެ ވިސްނުމެއްގަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން މި ދެންނެވީ މިސާލަކަށް އެބޭފުޅުން ސަރުކާރަށް ވަޑައިގަތީ، ދެން އެބޭފުޅުން ދަންނަވާނެ ތިމަންނަމެންގެ ޕާޓީގައޭ އެންމެ އާންމު މެމްބަރުން ގިނައީ، ތިމަންނަމެން ޕާޓީގައޭ އެންމެ މަޖިލީސް މެމްބަރުން ގިނައީ. އެހެންވީމަ ސަރުކާރުގެ އެންމެބޮޑު ހިއްސާ އެއްވެސް ވާންޖެހޭނީ ތިމަންނަމެންނަށޭ. އެހާ ހިސާބުން މިހާރު ސަރުކާރުގަ ތިބި ޕާޓީތަކުގެ ތެރޭގަ މަސްލަހަތު ގެއްލިގެން ދާނެ،" އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ އެމްޑީޕީން މި ސަރުކާރުގައި ބައިވެރި ކުރިނަމަވެސް ސިޔާސީ ގޮތުން ހަމަޖެހުން ލިބޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އަދި އެމްޑީޕީގެ މަގުމަތީ ހަރަކާތްތައްވެސް ހުއްޓާލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

ޕީޕީއެމްގެ ކައުންސިލުން އެމްޑީޕީ ބައިވެރިކުރުމާއި ދެކޮޅަށް ނިންމި ނަމަވެސް އިއްތިހާދުގައި ހިމެނޭ އެހެން ޕާޓީތަކުން އެކަމަށް އެއްބަސްވާނަމަ މެޖޯރިޓީއަށް ތަބާވުމުގެ ގޮތުން އެކަމާއި އެއްބަސް ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ހުށަހެޅުމާއި މެދު ގޮތެއް ނިންމުމަށް މިޜޭ ޕީޕީއެމް ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
ޚަބަރު ނެގީ: ސީއެންއެމް އިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް