ފަހުގެ ޚަބަރު


އިތުރަށް...

މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތައް އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ

ލިޔުނީ: Unknown - Friday, October 5, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ބައިނަލް އަޤްވާމީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ.އަތޮޅު ސްކޫލް މަދަރުސާތަކުގައި ޙަރަކާތްތައް އިއްޔެއިން ފެށިގެން ކުރިއަށް އެބަދެއެވެ.

މިގޮތުން އެންމެ ފުރަތަމަ ޙަރަކާތެއްގެ ގޮތުން އިއްޔެ ހެނދުނުވަނީ ބައެއް ސްކޫލްތަކުގައި ޚާއްޞަ އެސެމްބްލީ އެއް ބާއްވާފައެވެ.

މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޚާއްޞަ އެސެމްބްލީއެއް ބޭއްވުނެވެ. އަދި މިއަދު ތަފާޓު ކުޅިވަރު ހަރަކާތްތައް ރޭވިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.


މާބައިދޫގައި ހުންނަ އަތޮޅު މަދަރުސާ ދަރިވަރުންވަނީ ޘަޤާފީ ކުޅިވަރާއި އެކު މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ޙަރަކާތެއް ހިންގާފައެވެ. އަދި ދަރިވަރުން މުދައްރިސުންގެ ގޮތުގައި ޙަރަކާތްތެރިވުންވެސް އިއްޔެ އެ ސްކޫލްގައި ކުރިއަށް ދިޔަކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ "ޓޭކް އަ ސްޓޭންޑް ފޮރ ޓީޗަރސް" އެވެ.



މުދައްރިސުންގެ ދުވަހުގެ ތަހްނިޔާ އާއި މުބާރިކްބާދު ލޮބުވެތި މުދައްރިސުންނަށް އެލް.އޭ ނިއުސް އިން ފޮނުވަމެވެ.
 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް