ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބު ކާމިޔާބު ނުކުރެވުނީ އެކަށީގެންވާ ގޮތަށް ކެންޕޭން ނުކުރެވުމުން: އަބްދުއްރަހީމް

ލިޔުނީ: Unknown - Saturday, January 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕީޕިއެމްގެ ފުރަތަމަ ދާއިމީ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވައި، ނާކާމިޔާބުވެ ވަޑައިގެންނެވީ އެކަށީގެންވާ ވަރަށް ކެންޕޭން ނުކުރެވުމުން ކަމަށް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ޕީޕިއެމް ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެ ޕާޓިއަށް އިތުރު ކުރިއެރުމާއި، ހަރުދަނާކަން ގެނައުމަށް ސާބިތުކަމާއި އެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.


"
މި އިންތިހާބުގަ އަޅުގަނޑަށް ނާކާމިޔާބީ ވީކަމަށް އަޅުގަނޑު ގަބޫލުކުރާހިތްއޮތީ އަޅުގަނޑަށްވުރެއް އެބޭފުޅުންގެ މަސައްކަތް ރަނަގަޅީ. މިދެންނެވީ ކެންޕޭން އެ ބޭފުޅުންގެ ވަރުގަދަވީމަ އެބޭފުޅުން ކާމިޔާބު ކުރެއްވީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.


އަބްދުއްރަހީމަށް އިންތިހާބު ނާކާމިޔާބު ވެފައިވަނީ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު އާއި ގއ. ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވާދަކުރައްވައިގެންނެވެ. ޕީޕިއެމްގެ ދެ ނައިބު ލީޑަރުން ހޮވަން ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ އަދީބެވެ. އެގޮތުން އަދީބަށް ޖުމްލަ 361 ވޯޓު ލިބިފައި ވާއިރު 301 ވޯޓައި އެކު ދެވަނައަށް ދިޔައީ އިލްހާމެވެ. އަބްދުއްރަހީމަށް ލިބިފައިވަނީ 268 ވޯޓެވެ.


އިންތިހާބު ވަގުތީ ނަތީޖާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދީބު އަދި އިލްހާމްވެސް ވިދާޅުވީ ހުރިހާ ބޭފުޅުން ގުޅިގެން ޕާޓީ ކުރިއެރުމުނަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބީ ހޯދައި ދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކޮށްދެއްވާނެ ކަމަށްވެސް އެ ދެބޭފުޅުން ވިދާޅުވިއެވެ.


ޕީޕީއެމްގެ ދާއިމީ ދެ ނައިބު ލީޑަރުންނަށް އަދީބު އާއި އިލްހާމް އިންތިހާބުވެފައި ވާއިރު، އެ ޕާޓީގެ ދާއިމީ ރައީސްގެ މަގާމަށް ޕިޕިއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވަނީ އިންތިހާބަކާ ނުލާ ހޮވިވަޑައިގެންފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް