ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައި އެވިޑް ޓްރެނިންގ ސެންޓަރގެ ކެމްޕަސް އެއް މާރޗް 17 ގައި ޤާއިމު ކުރާނެ - އެވިޑް

ލިޔުނީ: Unknown - Monday, February 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެވިޑް ޓްރެއިނިން ސެންޓަރުގެ ކެމްޕަސް އެއް މި އަހަރު މާރޗް މަހު 17 ގައި ލ. ފޮނަދޫގައި ހުޅުވައި، ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް ފެށުމަށް ނިންމާފައި ވާކަމަށް އެވިޑް އިން މަޢުލޫމާތު ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގައި ރެޖިސްޓްރީ ކޮށް 2005 ން ފެށިގެން ހިންގަމުން އަންނަ އެވިޑް ޓްރެއިނިންގ ސެންޓަރުން ތަފާތު ކޯސްތައް ހިންގަމުން ގެންދެއެވެ. މީގެ ކުރިން އެ ސެންޓަރުން ފޮނަދޫގައިވެސް ވަނީ މެނޭޖްމެންޓް ކޯހެއް ހިންގާފައެވެ.

މިފަހަރު އެވިޑް އިން ހިންގާ 1 އަހަރު ދުވަހުގެ މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޯހެއް ކަމަށް އެވިޑް އިން ކޮށްފައިވާ އިޝްތިހާރުގައި ބުނެއެވެ.

މަހަކު 2000 ރުފިޔާގެ މަގުން ފީދައްކަމުން ގެންދަންޖެހޭ މި ކޯސް ފުރިހަމަ ކުރުމަށް 26000 (ސައްބީސް ހާސް) ރުފިޔާ ހޭދަވާނެ އެވެ. މި ކޯހުގައި 30 ދަރިވަރުން ނަށް ޖާގަ ހުޅުވާލެވިފައި ވާކަމަށާއި ކޯހަށް ކުދިން ހޮވާނީ ފޯމުތައް ހުށައަޅާ ތަރުތީބުން ކޯހަށް ކޮލިފައިވާ 30 ދަރިވަރުންނަށް ކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. ކޯހުގެ އެޕްލިކޭޝަން ފޯމު އެވިޑް ޓްރެއިނިންގ ސެންޓަރުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާ ޢާއްމު ޝަރުޠު ތަކަކީ މަތީ ޘާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައި ވުން ނުވަތަ މޯލްޑިވްސް ނޭޗަނަލް ކޮލިފިކޭޝަން ފްރޭމްވާރކް (ދިވެހިރާއްޖޭގެ ޤައުމީ ކޮލިފިކޭޝަން އޮނިގަނޑު) ގެ 4 ވަނަ ލެވެލްއަށް ކޮލިފައި ވެފައި ވުމެވެ.

ނަމަވެސް މީގެ އިތުރުންވެސް  ލޯވަރ ސެކަންޑަރީ އެޑިއުކޭޝަން ފުރިހަމަ ކޮށްފައި ވުން އަދި މޯލްޑިވްސް ނޭޗަނަލް ކޮލިފިކޭޝަން ފްރޭމްވާރކް (ދިވެހިރާއްޖޭގެ ޤައުމީ ކޮލިފިކޭޝަން އޮނިގަނޑު) ގެ ފައުންޑޭޝަން ސްޓަޑީޒްގެ 4 ވަނަ ލެވެލްއަށް ފުރިހަމަ ކޮށްފައި ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުންވެސް ލޯވަރ ސެކަންޑަރީ ސްކޫލް އިމްތިހާނުގެ މަދުވެގެން 1 މާއްދާއިން ފާސްވެފައިވާ އަދި މަސައްކަތުގެ މައިދާނުގެ މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ އުމުރުން 20 އަހަރުން މަތީގެ މީހުންނަށްވެސް ފުރުޞަތު ހުޅުވިފައި ވާކަމަށް އެވިޑް އިން ބުނެ އެވެ.

މަޢުލޫމާތު ލިބިފައި ވާގޮތުން މިހާރުވެސް މި ކޯހަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް