ފަހުގެ ޚަބަރު


އިތުރަށް...

މެދުދެކުނު ސަރަޙައްދުގެ އެއްގަމާއި ކަނޑުގެ ފެރީ ނިޒާމު ޚިދުމަތް ހުއްޓާލާ މުވައްޒަފުން އިޙްތިޖާޖް ކުރަން ފަށައިފި

ލިޔުނީ: Unknown - Sunday, February 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މެދުދެކުނު ސަރަޙައްދަށް އެއްގަމާއި ކަނޑުގެ މަގުން ފެރީގެ ޚިދުމަތް ދެމުންގެންދާ ދޯނި ސާރވިސް މުވައްޒަފުން މަސައްކަތް ހުއްޓާލައި އިޙްތިޖާޖް ކުރަން ފަށައިފިއެވެ.

ދޯނި ސަރވިސް މާވަށް ކޮޅަށް ދުއްވާ ފެރީގެ ކައްޕި ސިނާހް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ އެމީހުން މުޅި ޕްރޮވިންސްގެ އެއްމެ ފެރީއެއް ފިޔަވައި ހުރިހާ ފެރީއަކާއި ބަސް ދަތުރުތައް ހުއްޓާލައި މުވައްޒަފުން އިޙްތިޖާޖް ކުރަމުން އަންނަ ކަމަށެވެ. މިވަގުތު ހަމައެކަނި އޮޕަރޭޓް ކުރަމުން އަންނަނީ ތ. ކަނޑޫދޫސަރަޙައްދު ފެރީ ކަމަށާއި އެ ފެރީ ވެސް ދުއްވަމުންދަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރާނޭ ކަމުގެ ބިރު ދައްކައިގެން ކަމަށް ސިނާޙް ބުންޏެވެ.

"މިއަދު އަޅުގަނޑާއި އަދި އެހެން މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފި. ތ. ކަނޑޫދޫ ފެރީ މުވައްޒަފުން ވަޒީފާއިން ވަކިކުރާނޭ ކަމަށްބުނެ ބިރުދައްކައިގެން އެމީހުން ދަތުރު ކުރަމުން ދަނީ."

ދޯނި ސަރވިސް މުވައްޒަފުން ފެރީ ނިޒާމުތައް ހުއްޓާލައިގެން ތިބީ އެމީހުންނަށް ލިބެންޖެހޭ އިނާޔަތާއި މުސާރައަށް ކުންފުނީގެ ވެރިން ހިތުހުރި ގޮތެއް ހަދަމުން ގެންދާތީ ކަމަށް މުވައްޒަފުން މަޢުލޫމާތު ދެއެވެ.
އެލް.އޭ ނިއުސް އަށް ދޯނި ސަރވިސް މުވައްޒަފެއް ހިއްސާކުރި އެސް.އެމް.އެސް ގައި ބުނެފައިވަނީ 5000 ރުފިޔާގެ މުސާރައެއް ދިނުމަށް ހަމަޖެހިފައި ވާއިރު ކުންފުނީގެ ނާޤާބިލުކަމުން ދިމާވާ މައްސަލަތަކާއި ގުޅިގެން ދަތުރުތައް ހުއްޓިފައި އޮންނަ ދުވަސްދުވަހު ކޮއްތު ފައިސާ އާއި އިނާޔަތްތައް ކަނޑަމުން އަންނާތީ ގެއަށް ގެންދަން ލިބެނީ 2500 ވަރަކަށް ރުފިޔާ ކަމަށެވެ. އެހެންކަމުން ވަޒީފާގެ ރައްކާތެރިކަމާއި ޔަޤީން ކަން ބޭނުންވާ ކަމަށް ދޯނި ސަރވިސް ވެރިފަރާތަށް މުވައްޒަފުން ފޮނުވި އެސްއެމްއެސް ގައި ބުނެފައި ވެއެވެ.

މޯލްޑީވްސް ދޯނި ސަރވިސްގެ ހުރިހައި މުވައްޒަފުންގެ ނަމުގައި ފޮނުވާފައިވާ މި އެސްއެމްއެސްގައި އިތުރަށް ބުނެފައިވަނީ، މުވައްޒަފުން އެދޭ ކަންތައްތައް ރަނގަޅު ކުރެވެންދެން މާދަމައިން (މިއަދު 10 ފެބްރުއަރީ 2013) ފެށިގެން އެމް.ޑީ.އެސް ގެ ހުރިހައި ދަތުރުތަކެއް ހުއްޓާލަން ނިންމާފައި ވާކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް