ފަހުގެ ޚަބަރު


އިތުރަށް...

ފެނަކަ ކޯޕަރޭޝަނުން ފޮނަދުއަށް ބަރާބަރަށް ކަރަންޓް ދިނުމަށް ނުކުޅެދިފައި

ލިޔުނީ: Unknown - Monday, February 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫގެ ކަރަންޓްގެ ޙާލަތު ވަރަށް ދަށު ދަރަޖަ އަކަށް ވެއްޓިފައި އޮންނަތާ އަހަރަކަށްވުރެން ގިނަދުވަސް ވެފައިވާއިރު އިންޖީނުގެ ހިންގުމަށް ޙަވާލުވި ފެނަކަ ކޯޕަރޭޝަނުން ފޮަނަދުއަށް ބަރާބަރަށް ކަރަންޓް ދިނުމަށް ނުކުޅެދިފައި ވާކަން އެތަނުން ޢާއްމުކޮށްފައިވާ އިޢުލާނަކުން އެނގިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ނަންބަރު FNK/IUL/2013/001 އިޢުލާނުގައި ވާގޮތުން ފޮނަދޫ އިންޖީނުގެއިން ރަށަށް ކަރަންޓް ދިނުމަށް ހުރި އިންޖީނުގެ ޙާލަތު ދަށް ކަމަށާއި ކެޕޭސިޓީ ދަށްކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން މަސް ނުބޭނުމުން ކަނޑުތައް ގޯސްކުރާ ބީދައިން މިދުވަސްވަރު ހޫނުމިން މަތިކަމުންނާއިއެކު ރަށުގައި ކަރަންޓް ބޭނުންކުރެވޭ ނިސްބަތް އިތުރުވަމުން އަންނާތީ ދުވާލުގެ ވަގުތުތަކުގައ އެކި ސަރަޙައްދު ތަކުން އެކި ގަޑިތަކުގައި ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން ޖެހޭކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ޖަނަރޭޓަރު ތަކުގެ ތެޔޮފެން ހަމަކުރުމުގެ ގޮތުން ކޮންމެ ދުވަހަކު ހަވީރު 17:00 އިން 18:00 އަށް ޖަނަރޭޓަރުތައް ނިއްވާލަން ޖެހޭތީ އެގޮތަށް ރަށުން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ފެނަކަ އިން ކޮށްފައިވާ މި އިޢުލާނުގައި ބުނެފައިވާ ގަޑިތަކުގެ އިތުރުންވެސް ފޮނަދޫގެ އެކި ހިސާބުތަކުން ރޭގަނޑު ގަޑީގައިވެސް ކަރަންޓް ކަނޑަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ލ. ފޮނަދުއަށް ހޫނު މޫސުމް ގެނެސް އެކަމުގެ ސަބަބުން ކަރަންޓް ކެނޑެމުން ދާނެ ކަމަށް ބުނެ ރަށުގެ އެކި ހިސާބުތަކުން ދުވާލަކު 5 ވަރަކަށް ފަހަރު ގަޑިއެއްހައި އިރަށް (ގާތް ގަނޑަކަށް 5 ގަޑިއިރު) ކަރަންޓް ކަނޑަމުން ގެންދެއެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ފޮނަދޫ އިންޖީނުގެއާއި ޙަވާލުވުމަށްފަހު ބުނެފައވަނީ ދެ މަސްދުވަހުގެ ތެރޭގައި ބަރާބަރަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެ ހިންގުމާއި ހަވާލުވި ފަހުން މިހާރު 6 މަސް ފާއިތުވެފައި ވާކަން ފާހަގަ ކޮށްލެވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް