ފަހުގެ ޚަބަރު


އިތުރަށް...

ރީކޯ މޫސަ، ޢަލީ ވަހީދު، ޖާބިރު އަދި ޝިފާޒް ބައިވެރިވެލައްވާ ޖަލްސާއެއް މާދަމާރޭ ގަމުގައި ބާއްވަނީ

ލިޔުނީ: Unknown - Tuesday, February 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ – އެމްޑީޕީ ގެ އިސް ހަތަރު ބޭފުޅުން ކަމަށްވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ އާއި ތޮއްޑޫ ދާއިރާ މެންބަރު ޢަލީ ވަހީދު އާއި ކާށިދޫ ދާއިރާ މެންބަރު ޢަބްދުﷲ ޖާބިރު އަދި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ބައިވެރިވެލައްވާ އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މާދަމާރޭ 09:00 ގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލ. ގަން ތުނޑީ ބަނދަރު ސަރަޙައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ކަމަށް ގަމު ދާއިރާއިން މަޢުލޫމާތު ދެއެވެ.


މާދަމާ 11:30 ގައި އެމްޑީޕީގެ މި ވަފުދަށް މަރުޙަބާ ކިޔުމަށްޓަކައި އެމްޑީޕީގެ ވީހައިވެސް ގިނަ މެންބަރުންނާއި އެމްޑީޕީއަށް ތާއިދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވުމަށް އެމްޑީޕީ ގަމު ދާއިރާއިރާއިން އެދެއެވެ.

މި ޖަލްސާ މާދަމާރޭ ރާއްޖެ ޓީވީން ވަގުތުން ދުރަށް ދައްކަނެ ކަމަށް އެތަނުގެ ޗެއަރމަން އަކްރަމް ކަމަލުއްދީން ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް