ފަހުގެ ޚަބަރު


އިތުރަށް...

ވަގަށް މިރުސް ބިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ލިޔުނީ: Unknown - Monday, February 4, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިރުސް ދަނޑަކުން ވަގަށް ދެ ގޯނި މިރުސް ބިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ލ. މުކުރިމަގު އަވަށުގައި މީހަކު ހައްދާފައިވާ މިރުސް ދަނޑަކަށް ވަދެ އެ މިރުސް ދަނޑަށް ގެއްލުންދީ އެ މިރުސް ދަނޑުން ދެ ގޯނި މިރުސް ވަގަށް ބިން މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ އެ ރަށު ހަވާނާ، ޢަބްދުލްބާރީ ޢަބްދުﷲ 28، އާއި ހަމަ އެ ރަށު ތައުޒަންފްލާވާ ޙުސައިން އިރުޝާދު 20، ގެ މައްޗަށެވެ.


ފުލުހުން ބުނީ ޢަބްދުލްބާރީ އާއި ޙުސައިން އިރުޝާދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މި ދިޔަ އަހަރުގެ ޖޫން 29 ވަނަ ދުވަހު މެންދުރުފަހު ވަގުތެއްގައި މި ދެ މީހުން މުކުރިމަގު އަވަށުގައި މީހަކު ހައްދާފައިވާ މިރުސް ދަނޑަކަށް ވަދެ އެމިރުސް ދަނޑަށް ގެއްލުންދީ އެ މިރުސް ދަނޑުން ދެ ގޯނި މިރުސް ވަގަށް ބިނދެފައިވާ މައްސަލައާ ގުޅިގެންނެވެ.


އެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް