ފަހުގެ ޚަބަރު


އިތުރަށް...

ޕޮލިސް ފެމެލީ އެސޯސިއޭޝަނުން ލ. ގަން ޕޮލިސް ސްޓޭޝަނުގެ ޖިމްއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފި

ލިޔުނީ: Unknown - Thursday, February 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޕޮލިސް ފެމެލީ އެސޯސިއޭޝަނުން ލ. ގަން ޕޮލިސް ސްޓޭޝަނުގައި އިމާރާތްކޮށްފައިވާ ޖިމް އަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިތަކެތި ލ. ގަން ޕޮލިސް ސްޓޭޝަނާއި ހަވާލުކުރުމަށްޓަކައި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑާއި ހަވާލުކޮށްދެއްވީ ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޗެއަރޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެފައިވަނީ ޑެޕިއުޓީ ހެޑް އޮފް ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދުއެވެ.

މިރަސްމިއްޔާތުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަނުގެ ޗެއަރޕާސަން ސްޕްރިންޓެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ޑެޕިއުޓީ އޮފް ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑް ސްޕްރިންޓެންޓް އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދުގެ އިތުރުން ޕޮލިސް ފެމިލީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންނާއި ލ. ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިވަގުތު މާލޭގައި ތިބި ފުލުހުން ވަނީ ބައިވެރިވެފައެވެ.

ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ހަވާލުކުރި މިތަކެތީގެ ތެރޭގައި ހިމެނެނީ 3 ބެންޗާއި، ބެންޗް ޕްރެސް އަކާއި 2 އޮލިމްޕިކް ބައިކްއާއި އީޒެޑް-ބާ އަކާއި 29 ބަރުގެ އިތުރުން 2 ލެޓް ދަގަނޑާއި ފޮތި އަޅުވާ ދެ ހަރުގެ އިތުރުން ލެޓް މެޝިނެއް ކަމަށް ފޮލިސް މީޑިއާ އިން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް