ފަހުގެ ޚަބަރު


އިތުރަށް...

ބޮން ގޮންވާލި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން ތުނޑި ލަތީފުގެ މައްސަލަ ޕީޖީއަށް

ލިޔުނީ: Unknown - Friday, February 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ސަލްޓަންޕާކް ތެރޭގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި އެވެ.

2007 ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލ. ގަން ތުނޑި ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާޙީމް، 30،ގެ މައްސަލަ ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.


އަބްދުއްލަތީފު ރާއްޖެ އިން ފުރައިގެން ދިޔައީ ނުބައި ނަމެއްގައި ސިސްޓަމަށް އެންޓާވެ، އިމިގްރޭޝަންގެ އޮފިސަރަކާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހު ޕާކިސްތާނުން ރާއްޖެ އަށް އައިތަނާ އެއާޕޯޓުންނެވެ.


ސަލްޓަންޕާކްގައި ބޮންގޮއްވާލަން ބޭނުން ކުރި ފޯނާ އަބުދުއްލަތީފާ ގުޅުން ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު އިއްޔެ ވިދާޅުވި އެވެ. އަދި އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާ އަބުދުއްލަތީފާ ގުޅުން ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެ މައްސަލައިގެ ތުހުމަތު ކުރާ 10 މީހަކު ވަނީ ރާއްޖެ އިން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ނުފެނި ވަނީ ފަސް މީހެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް