ފަހުގެ ޚަބަރު


އިތުރަށް...

ކުނަހަންދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ލިޔުނީ: Unknown - Friday, March 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ.ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއަތޮޅު ކުނަހަންދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ޤާނޫނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އެރަށުގައި ހިންގައިފިއެވެ.

މި ފެބްރުއަރީ 26 ވަނަ ދުވަހުގެރޭ ލ.ކުނަހަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރު ކުރުމާއިބެހޭ ޤާނޫނާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ ޕޮލިސް ކޯޕްރަލް އިބްރާހީމް ނަޛީޙް އާއި ޕޮލިސް ކޯޕްރަލް ނާޞިޙް މުޙައްމަދުއެވެ. މި ޕްރޮގްރާމްގައި ލ.ކުނަހަންދޫ ކައުންސިލްގެ ބައެއް މެމްބަރުންވަނީ ބައިވެރިވެފައެވެ.

ކުރިއަށް އޮތްތަނުގައި ލ.އަތޮޅުގެ އެހެން ރަށްތަކުގައި މިފަދަ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށް ލ.ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް