ފަހުގެ ޚަބަރު


އިތުރަށް...

މަންދު ކޮލެޖްގެ ކެމްޕަސް އެެއް ލ. ގަމުގައި ޤާއިމު ކުރަނީ

ލިޔުނީ: Unknown - Sunday, March 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދެމުންގެންދާ މަންދު ކޮލެޖްގެ ހަތަރު ކެމްޕަހެއް މިއަހަރު ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމް ކުރުމަށް ނިންމާފައިވާކަމަށް އެކޮލެޖުން ބުނެފިއެވެ. އެގޮތުން އެ ކޮލެޖްގެ ކެމްޕަހެއް ލ. ގަމުގައިވެސް ޤާއިމުކުރުމަށް ނިންމާފައި ވާކަމަށް އެކޮލެޖުން އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ.

މީގެ 1 މަސްކުރިން އެލް.އޭ ނިއުސް އަށް އެ ކޮލެޖްގެ ޗެއަރމަން ހިއްސާކުރެއްވި މަޢުލޫމާތު ޢާއްމުކޮށް ހިއްސާކޮށްފައިވަނީ އިއްޔެ ހަވީރު އެކޮލެޖުގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެކޮލެޖްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ކުރީގެ މެމްބަރު މަންދު އިބްރާހިމް އިސްމާއިލް، އިބްރާއެވެ.

އިބްރާ ވިދާޅުވީ އުތުރާއި ދެކުނުގައި ޤާއިމްކުރާ މަންދު ކޮލެޖްގެ ފުރަތަމަ ދެ ކެމްޕަސްގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކިޔަވައިދޭން ފެށޭވަރުވާނެކަމުގައެވެ. އަދި އުތުރުގައި ޤާއިމް ކުރާ ފުރަތަމަ ކެމްޕަސް ނ ކެނދިކުޅުދޫގައި ޤާއިމްކުރާއިރު މާލޭން ދެކުނުގައި ޤާއިމްކުރާ ފުރަތަމަ ކެމްޕަސް ޤާއިމްކުރާނީ ލ ގަމުގައި ކަމަށް އިބްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ ދެކުނުގެ ދެ ވަނަ ކެމްޕަސް އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމް ކުރުމަށް ނިންމާފައިވާއިރު އުތުރުގެ ދެވަނަ ކެމްޕަސް ޤާއިމް ކުރުމަށް ނިންމާފައިވަނީ ހއ ދިއްދޫގައި ކަމަށްވެސް އިބްރާ ވިދާޅުވިއެވެ. އިބްރާ ވިދާޅުވީ ދިއްދޫއާއި ހިތަދޫ ކެމްޕަސްގައި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.

މިއަހަރަކީ މަންދު ކޮލެޖް އުފެދުނުތާ 15 އަހަރު ފުރޭ އަހަރެވެ. ކުރިން އެކޮލެޖް ހިންގަމުން އައިސްފައިވަނީ މަންދު ލާނިންގ ސެންޓަރުގެ ނަމުގައެވެ.

އިބްރާ ވިދާޅުވީ މަންދު ކޮލެޖް އުފެއްދީ މަތީ ތައުލީމް ހާސިލްކުރަން ބޭނުންވެ އެފުރުސަތު ލިބިފައިނުވާ ކުދިންނަށް އިތުރު ފުރުސަތެއް ހޯދައި ދިނުމަށްކަމުގައެވެ. އަދި ކޮލެޖަށް 15 އަހަރު ފުރޭ އިރު އެހުވަފެން ހަޤީޤަތަކަށް ވެފައިވާކަމަށް އިބްރާ ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް