ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ "ދޭތިން ފަހެތި" ކެމްޕެއިންގެ އިސްދޫ ދަތުރު ކާމިޔަބުކަމާއެކު ނިންމާލައިފި

ލިޔުނީ: Unknown - Sunday, March 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ލ. އަތޮޅުގައި ޙަރަކާތްތެރިވަމުން އަންނަ ޓީމުން މިއަދު އިސްދުއަށް ކުރި ދަތުރު ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.


މި ދަތުރުގައިވެސް ދާއިރާ ރައީސް މަންނި އާއި މާރިޔާ، ޝިޔާމާ، އޯކޭ ޒާހިރު، ޒުހައިރު، ޙަސަން ޢަފީފް އަދި ޙާމިދު ބައިވެރިވެލެއްވި އެވެ. މި ދަތުރގައި ބައިވެރިވި ފޮނަދޫ ދާއިރާގެ މެންބަރަކު އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ ދަތުރު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ލ. އަތޮޅުން މިފަދަ މަންޒަރުތަކެއް ފެންނަމުން ދާތީވެސް ރިޔާސީ އިންތިޚާބު ރައީސް ނަޝީދު ވަރަށް ފަސޭހައިން ކާމިޔާބު ކުރާނެ ކަމުގެ ޔަޤީންކަން ލިބިއްޖެ ކަމަށްވެސް ބުންޏެވެ.

"މިފަހަރު ހަމަ ގެރެންޓީ ފުރުތަމު ބުރުން ކިހިލި ޖަހާލައިގެން ދެމީގެނުވޭޅަ" އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން އިންތިޚާބް ކާމިޔާބު ކުރައްވާނެ ގޮތް މެންބަރު ސިފަކޮށްފައި ވަނީ މިހެންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުންތަކެއް އެމްޑީޕީ އަށް ސޮއިކޮށްފައި ވެއެވެ. އަދި ޖަލްސާ އަށް ވަރަށް ގިނަ ޢަދަދެއްގެ މީހުން ދިޔަކަމަށްވެސް މަޢުލޫމާތު ލިބިފައިވެ އެވެ. 

މިއަދު ހަވީރު ކެމްޕެއިން ވާރކްޝޮޕަކާއި ދޮރުން ދޮރަށް ކެމްޕޭންވެސް ޖައްސާފައިވެ އެވެ.
ދަތުރުގެ ކާމިޔާބު ކަން ބައިވެރިންގެ ބައެއް ޓްވީޓްތަކުންވެސް ފަހަގަ ކުރެވެ އެވެ.

އެމްޑީޕީ "ދޭތިން ފަހެތި" ލ. އަތޮޅު ކެމްޕެއިން  ޓީމު މިއަދު (03 މާރޗް 2013) ހެނދުނު ފުރުމަށް ހަމަޖެހިފައި ވާކަމަށް ފޮނަދޫ ދާއިރާ ރައީސް މަޢުލޫމާތު ދެއްވަ އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް