ފަހުގެ ޚަބަރު


އިތުރަށް...

ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯހެއް ލ. ގަން-ފޮނަދޫގައި ފަށަނީ

ލިޔުނީ: Unknown - Wednesday, March 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފަރާތުން ލ. ގަން-ފޮނަދޫގައި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯހެއް ފެށުމަށް ނިންމާފައި ވާކަމަށް އެތަނުން ބުނެފި އެވެ.
ޑީސީސީއޭ އިން އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން ބުނީ މިއީ އެތަނުން ހިންގަމުން އަންނަ ކެބިން ކްރޫން ތައްޔާރު ކުރުމުގެ ކޯހުގެ ފުރަތަމަ މޮޑިއުލް (އެއަރ ލޯ އާއި ކެބިން ކްރޫންނަށް ދެވޭ ޢާއްމު އިމްތިޙާނު) ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކޯހެއް ކަމަށެވެ.

މި ކޯހުގައި ފަސް މޮޑިއުލް އެއް ހިމެނިފައި ވާކަމަށް ޑީސީސީއޭ އިން ބުނެއެވެ. އެގޮތުން "އެއަރ ލޯ ގެ ކެބިން ކްރޫންނާއި ބެހޭ ބައި، ގްރޫމިންގ އެން ޕާރސަނަލް ހައިޖިން، ޕާރސަނަލް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް، ކެބިން ކްރޫ އިންޓަވިއު ޕްރިޕަރޭޓަރީ ޑިވެލޮޕްމެންޓާއި އިފެކްޓިވް ކޮމިއުނިކޭޝަން ހިމެނެއެވެ.

"ޑީސީސީއޭ އިން ކޯހެ ބައިވެރިން ތަމްރީނު ކުރާނީ ކެބިން ކްރޫންނަށް ދޭ ޢާއްމު އިންތިޙާނަށް. މިހާރު ވާހަކަދެކެވެމުންދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޭ މި އިމްތިޙާނު ލ. އަތޮޅުގަ ބޭއްވުމަށް." ޑީސީސީއޭ ގެ އިސް ބޭފުޅެއް ކަމަށްވާ ޙުސައިން ކޯހުގެ މަޢުލޫމާތު ހިއްސާކުރިއެވެ.

މި ކޯހުގެ ބޭސިކް ލެވެލް ފީއަކީ 3855.00 ރުފިޔާ ކަމަށާއި މި ލެވެލްގައި ކިޔަވައިދޭނީ 4 މޮޑިއުލް (މޮޑިއުލް 2 ން 5 އަށް) ކަމަށާއި ފަސްދުވަހުން ބޭސިކް ލެވެލްގެ ކޯސް ނިމޭނެ ކަމަށް ޑީސީސީއޭ އިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން އެޑްވާންސް ލެވެލް ކޯހުގެ ފީއަކީ 7710.00 ކަމަށާއި މި ފީގެ ތެރޭގައި ކެބިން ކްރޫ ޢާއްމު އިމްތިހާނަށް ދައްކަންޖެހޭ ފައިސާ ހިމަނާފައި ވާކަމަށް ޑީސީސީއޭ އިން ބުނެއެވެ. އަދި މި ލެވެލްގައި މޮޑިއުލް 1 ން 5 އަށް ކިޔަވައިދޭނަ ކަމަށާއި 11 ދުވަހުން މި ލެވެލް ފުރިހަމަ ކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ދެއެވެ.

އޭޕްރީލް 27 ގައި ފެށުމަށް ހަމެޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޭޕްރީލް 25 ކަމަށް ޑީސީސީއޭ އިން ބުނެއެވެ.

ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަޢުލޫމާތު ޝީޓަކާއި 9749700 ނުވަތަ 3300097 މި ދެ ނަންބަރު ޑީސީސީއޭ އިން ހިއްސާ ކުރެއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް