ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫ ބައްރު ޕްރީ ސްކޫލް މިއަދު ހުޅުވަނީ

ލިޔުނީ: Unknown - Friday, March 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ. ފޮނަދޫ ބަރާސިލް އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީ އިން އިސްނަގައިގެން ރައްޔިތުންގެ މަސައްކަތުން ދެތިން މަސް ދުވަހުން އަޅާ ނިންމި ޕްރީ ސްކޫލް – ބައްރު ޕްރީ ސްކޫލް (ބީޕީއެސް) މިއަދު މެންދުރުފަހު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

ކޯޕަރޭޓިވް ސޮސައިޓީއާއި ބަރާސިލް ރައްިޔިތުންގެ ފައިސާ އާއި ބައެއް ދީލަތި ފަރާތްތަކުގެ އެހީ އާއި އެކު ޚަރަދުކޮށް އިމާރާތްކުރި ޕްރީ ސްކޫލުގައި ދެ ކުލާސް ކޮޓަރިއާއި އޮފީސް ބަޔަކާއި ފާޚާނާ އަކާއި ސްޓޭޖެއްގެ އިތުރުން ކުޅޭ ސަރަޙައްދެއް ހަދާފައި ވެއެވެ.

ބައްރު ޕްރީ ސްކޫލު ހެދުމަށް ނިންމީ މީގެ 13 ވަރަކަށް އަހަރު ކުރިން ފެށިގެން ފޮނަދޫ ނަރުގިސްވިލާ ޢާއިލާއިން ހިންގަމުން އަންނަ ޕްރީ ސްކޫލް، އައިރިސް ތުއްތުކުދިންގެ ތަޢުލީމުދޭ ކުލާސް ރައްޔިތުންގެ ތަނަކަށް ބަދަލު ކުރުމުގެ ޚިޔާލު އުފެދިގެން އައުމާއި ގުޅިގެންނެވެ. މިއަދު ބައްރު ޕްރީސްކޫލް ހުޅުވުމަށްފަހު މާދަމާއިން ފެށިގެން އައިރިސް ތުއްތުކުދިންގެ ތަޢުލީމުދޭ ކުލާހުގެ ދަރިވަރުން ބަދަލުވެގެންދާނީ ބީޕީއެސް ގެ ދަރިވަރުންނަށެވެ.

ބައްރު ޕްރީ ސްކޫލް ޢިމަރާތް ކޮށްފައިވަނީ ފޮނަދޫ ބަރާސިލު އަންހެނުންގެ މިސްކިތެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި ޢިމާރާތް ހުރި ބިން އެއްކޮށް ސާފުކުރުމަށްފަހު އެ ބިމުގައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް