ފަހުގެ ޚަބަރު


އިތުރަށް...

ބަރާސިލް އެކުވެރި ރައްޔިތުންގެ ޕްރީސްކޫލް – ބީޕީއެސް އިއްޔެ ހުޅުވައިފި

ލިޔުނީ: Unknown - Saturday, March 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ލ. ފޮނަދޫ ބަރާސިލް ރައްޔިތުންގެ މަސައްކަތުން އެންމެ 99 ދުވަސް ތެރޭގައި ޢިމާރާތްކުރި ޕްރީސްކޫލް، ބަރާސިލް އެކުވެރި ރައްޔިތުންގެ ޕްރީސްކޫލް (ބީޕީއެސް) އިއްޔެ ހަވީރު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައިދެއްވެވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނަސީޙް އެވެ.

މިކަމަކަށްޓަކައި އިއްޔެ ހަވީރު 4:15 ގައި ބީޕީއެސް ގޯތިތެރޭގައިި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށްފަހު ޕްރިންސިޕަލް ނަސީޙް ދެއްކެވި ވާހަކަފުޅުގައި 14 އަހަރު ދުވަސްވަންދެން ފޮނަދޫ ބަރާސިލް އަވަށު އަމިއްލަ ފަރާތަކުން ހިންގަމުން އައި ޕްރީސްކޫލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބަރާސިލް އެކުވެރި ރައްޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީން ކުރި މަސައްކަތަކީ ފޮނަދޫގެ ތަޢުލީމުގެ ތަރައްޤީއަށް ހުޅުވިގެން ދިޔަ އައު މަގެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މި ސްކޫލްގެ ތަޢުލީމަކީ އިންޓަރނޭޝަލް ކަރިކިއުލަމަކަށް ކައިރި މުސްތަޤުބަލެއްގައި ބަދަލުވެގެން ދާނެ ކަމަށް ބަރާސިލް އެކުވެރި ރައްިޔިތުންގެ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރމަން ވިދާޅުވެފައި ވާތީ އާއި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ތަޢާރަފް ކޮށްދިނުމަށް ނިންމާފައި ވާކަން ފާހަގަ ކޮށްފައި ވާތީ އެކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި 90 ވަރަކަށް ދުވަހުން މިފަދަ ބޮޑު ޕްރީސްކޫލެއް އިމާރާތްކޮށްފައި ވާތީ އެ ފާހަގަ ކުރެއްވި ދެކަންތައްވެސް ވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި ޕްރީ ސްކޫލް ހިންގުމުގެ މައިގަނޑު ރެގިއުލޭޓަރީ ބޮޑީ އަކީ ރަށު ކައުންސިލް ބަރާސިލް އެކުވެރި ރައްިޔިތުންގެ ޕްރީ ސްކޫލް ހިންގުމުގައި ކޯޕަރޭޓިވް ސޮސައިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ލ. ފޮނަދޫގައި މީގެ 14 އަހަރުކުރިން ޕްރީސްކޫލްގެ ޚިދުމަތް ދެމުން އައި ޕްރީސްކޫލްގެ މަސްޢޫލުވެރިޔާ ޙުސައިން ޝަރީފްގެ ވާހަކައިގައި އައިރިސް ތުއްތުކުދިންގެ ތަޢުލީމު ދޭ ކުލާހަށް އެކި ގޮތްގޮތުން އެހީފޯރުކޮށްދެއްވި ފަރާތްތައް ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރޕާރސަން ވާހަކަދެއްކިއެވެ.
މި ރަސްމިއްޔާތުގައި ބެލެނިވެރިންގެ ފަރާތުން ވާހަކަ ދެއްކީ މަރިޔަމް އިކްރިޝާއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް