ފަހުގެ ޚަބަރު


އިތުރަށް...

ލ. މާވަށާއި ދަނބިދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއު މިމަހު މެދުތެރޭގައި ފަށަނީ

ލިޔުނީ: Unknown - Saturday, March 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހުގެ މެދެއްހައި ހިސާބުގައި ލ. މާވަށާއި ދަނބިދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ލ. މާވަށާއި ލ. ދަނބިދޫގެ ބަދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިދިޔަ މަހު 4 ގައި ސޮއިކުރި ރަސްމިއްޔާޓުގައި ބުނެފައިވަނީ މާވަށު ބަނދަރު މިމަހު 15 ގައި ފަށާނެ ކަމަށާއި އަދި 20 ގައި ދަނބިދޫ ބަނދަރަު މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ދަނބިދޫގައި މިހާރު އޮތް ބަނދަރު އެއްކޮށް މަރާމާތު ކުރުމަށް 29.7 މިލިއަން ރުފިޔާއަށް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ހައުސިން މިނިސްޓަރު ވިދާޅުވެފައިވަނީ މި މާޗްމަހުގެ 20 ވަނަ ދުވަހު ދަނބިދޫ ބަނދަރުގެ މަސައްކަތް ފަށާއިރު 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެ ރަށުގައި 450 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެއް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާވަށު ބަދަރުގެ މަސައްކަތް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަންއާ އެވެ. އެ މަޝްރޫއު އަމީންއާ ހަވާލުކުރީ 28.2 މިލިއަން ރުފިޔާ އަށެވެ. މިނިސްޓަރު ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތް މި މަހުގެ 15 ގައި ފެށޭނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން އެރަށުގައި 800 ފޫޓޫ ދިގު 300 ފޫޓު ފުޅާ ބަދަރެއް ހެނދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް