ފަހުގެ ޚަބަރު


އިތުރަށް...

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްޞަ ފުޓްބޯޅަމެޗެއް ކުޅެފި

ލިޔުނީ: Unknown - Saturday, March 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިސްދޫ ކަލައިދޫ ދަނޑުވެރި އަންހެނެއް - ފޮޓޯ: ރެޑްކްރޮސް
ބައިނަލްއަޤްވާމީ އަންހެނުންގެދުވަސް ފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ އިސްދޫގައި ޚާއްޞަ ފުޓުބޯޅަމެޗެއް އިއްޔެ ކުޅެފިއެވެ. މިމެޗް ގައި ބައްދަލުކުރީ އިސްދޫ އުތުރު އަވަށުގެ އަންހެނުންގެތެރެއިން ހޮވާލެވުނު ޓީމަކާއި، އިސްދޫ ދެކުނު އަވަށު އަންހެނުންގެ ތެރެއިން ހޮވާލެވުނު ޓީެކެވެ.

 މިމެޗް ކުޅެފައިވަނީ އިސްދޫ ދެކުނު އަވަށު ފުޓުބޯޅަ ދަނޑުގައެވެ. މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ އިސްދޫ އުތުރު އަވަށުގެ ޓީމުންނެވެ. މިމެޗްގައިޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ އިސްދޫ ކަނީރުވިލާ ޢާއިޝަތު އާދަމްއެވެ. 

މި މެޗް އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތަކުން އިސްދޫ ލައިވް އަށް މަޢުލޫމާތު ދެމުން ބުނީ މިއީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުނު  އެކުވެރިކަމުގެ މެޗެއްކަމަށާއި، މިމެޗްގެ ސަބަބުން ދެއަވަށުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ހިގައްޖެކަމަށެވެ. އަދި އަންހެނުންގެ ފުޓްބޯޅައަށް ގިނަ ބަޔަކު ޝައުޤުވެރިވާކަންވެސް ފާހަގަ ކުރެވިއްޖެކަމަށެވެ. 

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އަތޮޅުގެ ރަށްރަށުގައި ތަފާތު ހަރަކާތްތައް ހިންގަމުން ދާކަމަށް މަޢުލޫމާތު ލިބެއެވެ. އަގޮތުން ފޮނަދޫ އަންހެނުންގެ ކޮމިޓީއިންވެސް ޙަރަކާތްތަކެއް ރާވައި ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ނިންމާފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފޮނަދޫ އެމްޑީޕީ އަންހެނުންގެ ގޮފީގެ ފަރާތުން ރޭ ފޮނަދޫ އެމްޑީޕީ ހަރުގޭގައި ޑިނަރ އެއް ބާއްވާފައިވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް