ފަހުގެ ޚަބަރު


އިތުރަށް...

މިމަހު 6 ވަނަ ދުވަހު ރައީސް ނަޝީދު ލ. އަތޮޅަށް ދަތުރުފުޅެއް ކުރައްވަނީ

ލިޔުނީ: Unknown - Monday, April 1, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
2012 ވަނަ އަހަރު ޖެނުއަރީމަހު ރައީސް ނަޝީދު ކައްދޫގައި އެލްއޭ ނިއުސްއަށް ބަސްދީގަތުމެއް ދެއްވަނީ - ފޮޓޯ: އަޒީމް
މިމަހު 6 ވަނަ ދުވަހު ރައީސް ނަޝީދު ލ. އަތޮޅަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ފޮނަދޫ ދާއިރާއިން މަޢުލޫމާތު ދީފިއެވެ

މި ދަތުރުފުޅުގައި ރައީސް މުޙައްމަދު ނަޝީދު ކައްދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 6 ވަނަ ދުވަހު ހެނދުނުގެ ފްލައިޓަކުން ކަމަށް އެނގިފައިވެއެވެ. އަދި ހެނދުނުގެ ސައިފޮދު ފޮނަދޫން ހިއްޕެވުމަށްފަހު އެމްޑީޕީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހިނގުމުގެ ފައިލްތަކުގެ މަސައްކަތްކުރާ އެމްޑީޕީ އެކްޓިވިސްޓުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. 

މި ދަތުރުފުޅުގައި ޚުދު ރައީސް ނަޝީދުވެސް ފޮނަދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިންގެވުމަށް ހަޖެހިފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން ގަމާއި އަތޮޅުގެ ބައެއް އެހެން ރަށްރަށުގައިވެސް ޙަރަކާތްތަކެއް ހިނގުމަށް ހަމަޖެހިފައި ވެއެވެ. އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުފުޅުތައް އޮންނަގޮތެއް އެލްއޭ ނިއުސްއަށް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ “ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރަށް ލުމަށް، މަޝްވަރާ ބައްދަލުވުމެއް ރޭ 9 ޖެހިއުރު ބާއްވައިފިކަމަށް އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ އޮޕަރޭޝަންސް މެނޭޖަރ މުޙަންމަދު ބަޝީރު މަޢުލޫމާތު ދެއެވެ.

2013 ގެ ރިޔާސީ އިންތިޙާބުގެ “ދޭތިން ފަހެތި” ކެމްޕެއިން ދެވަނަ ގިޔަރަށްލާ އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް ރާވާ ހިންގާނެ ގޮތުގެ މަޝްވަރާ ކުރުމަށް، ސިޓީ ހޯލްގަ ރޭ 9 ޖެހިއިރު ބޭއްވުނު މި ބައްދަލު ކުރުމުގައި ބައިވެރިވީ، މާލެ ސިޓީގެ 11 ދާއިރާގެ ކެމްޕެއިން އޭޖެންޓުންނާއި، ދާއިރާ ހިންގާ ކޮމިޓިއާއި، ދާއިރާ ރައީސުންނާއި، ކައުންސިލަރުންނާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބައވެރިވެވަޑައިގެން މި ބައްދަލުވުން ވަރަށް ކާމިޔާބުކަމަށް އޮޕަރޭޝަންސް މެނޭޖަރ ބަޝީރު ވިދާޅުވިއެވެ. އަދި މީގެ އިތުރު މަޝްވަރާ ބައްދަލުވުންތައް މި އޭޕްރިލް މަސްތެރޭގައި ކުރިޔަށް ގެންދާނެކަމަށްވެސް ބަޝީރު އިތުރަށް ވިދާޅުވިއެވެ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް