ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލިޔުނީ: Unknown - Monday, April 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫގައި ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖަކު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނިކޮށް މާމެންދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނީ 1 އަހަރާއި 10 މަހުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:20 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މާމެންދޫ ކައުންސިލް ރައީސް ޢަލީ ޝިފާޒް ވިދާޅުވީ އެ ކުއްޖާ ފެނިފައިވަނީ އެކުއްޖާގެ ގެ (މާމެންދޫ ޒާހިދު ގެ ގެ) އާއި ދިމާ މޫދުން ކަމަށެވެ.

މާމެންދޫ ކައުންސިލްގެ މެމްބަރު މޫސާ ވަހީދު ވިދާޅުވީ ތުއްތު ފިރިހެން ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި އޮއްވައި ހެނދުނު 10:30 ހާއިރު ކަމަށެވެ.

މާމެންދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުލްހަމީދު އިބްރާހިމް ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ ލަމާން ކިޔާ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ އެ ކުއްޖާގެ ބައްޕައަށް ކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

"މަންމަ ގޭގައި ނެތް ވަގުތެއްގައި، އެ ކުއްޖާ އެކަނި މޫދަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވާ ފެނުނީ. މޫދަށް ދިޔައިރު އެ ކުއްޖާ ބައްޕަ އޮތީ ނިދާފަ. އެމީހުންގެ ހުންނަ ހަމައެކަނި ކުއްޖާ އެއީ،" އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ އެ ހާދިސާ ހިނގި އިރު އޮތީ ހިކި ދިޔަ ކަމަށެވެ. އަދި އެ ކުއްޖާ ގޮނޑުދޮށުގައި އޮއްވާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

އަދި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ގޮނޑުދޮށާއި ކައިރީ ހުންނަ ގެއެއްގައި ދިރިއުޅޭ ތުއްތު ކުއްޖާ ގެއްލުނީ އެކުއްޖާގެ މަންމަ ފިހާރައަށް ދަމުން އެކުއްޖާގެ ބައްޕައާ ހަވާލުކޮށްފައި ދިޔަވަގުތު ކަމަށެވެ. އަދި އެކުއްޖާ ގޭގައި ނެތްކަން އެނގުނީ ތުއްތު ކުއްޖާގެ މަންމަ ގޮސް ކުއްޖާ ކޮބައިތޯ އެހުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

މަރުވި ތުއްތު ކުއްޖާއަކީ އެކުއްޖާގެ މަންމައާއި ބައްޕަގެ ހަމައެކަނި ހުރި ކުއްޖާ އެވެ. ނަމަވެސް އެ ދެމަފިރިން ކުރިން އެހެން މީހުންނާ އިނދެ ދެމީހުންނަށް ވެސް ދެކުދިން ލިބިފައި ވެއެވެ.  
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް