ފަހުގެ ޚަބަރު


އިތުރަށް...

އަރުތޫރު ބްރަދާޒް އަކީ ވަހީދު ގެންނެވި ބައެއް – ރައީސް ނަޝީދު

ލިޔުނީ: Unknown - Sunday, April 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގަމު ރައްޔިތުންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: އެމްޑީޕީ
ދުނިޔޭގެ އެކި ޤައުމުތަކުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވާކަމަށް ތުހުމަތު ކުރެވިފައިވާ އަރުތޫރު ބްރަދާޒް އަކީ ވަގުތުން ރާއްޖެއިން ބޭރުކޮށްލަން ޖެހޭހާ ބިރުވެރި ބައެއްކަން ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ޙަސަން މަނިކަށް އެނގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވި ނަމަވެސް އެމީހުން ރާއްޖެ އައިސްފައި ވަނީ ވަޙީދަށް އެނގިވަޑައިގެން އެމަނިކުފާނު ގެންނެވި ބައެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ވަޙީދު އެ ހައްދަވަނީ އިތުރުފުޅެއް ކަމަށާއި އެމީހުންނަކީ ކަނޑައެޅިގެން ވަހީދަށް އެނގިވަޑާއިގެން އެބޭފުޅާ ގެންނެވި ބައެއް ކަމަށެވެ. އަދި އޮލިމްޕަސް އިތުރަށް ތަރައްޤީ ކުރުމަށް އަރުތޫރު ބްރަދާޒް ގެ ދެބެއިން ލާރި ޚަރަދު ކުރިކަން ވަޙީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ އާއި އޯޑިއޯ:-
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް