ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ދާއިރާގެ ތިން ރަށަށް ރައީސް ނަޝީދު ވަޑައިގަންނަވާ - ފޮނަދޫ ދާއިރާ ރައީސް

ލިޔުނީ: Unknown - Wednesday, April 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ - ފޮޓޯ ޖޭޑްސް ފޮޓޯގްރަފީ
މިމަހު 6 ގައި ރައީސް ނަޝީދު ލ. އަތޮޅަށް ކުރެއްވުމަށް ހަޖެހިފައިވާ ދަތުރުފުޅުގައި ފޮނަދޫ ދާއިރާގެ ތިން ރަށަށް ކަމަށްވާ ފޮނަދޫ، ގާދޫ އަދި މާމެންދުއަށް ރައީސް ނަޝީދު ވަޑައިގަންނަވާނެ ކަމަށް ފޮނަދޫ ދާއިރާ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު ) މަޢުލޫމާތު ދެއްވައިފިއެވެ.

ރައީސް ނަޝީދު ލ. އަތޮޅަށް ކުރައްވާ ދޭތިން ފަހެތި އެމްޑީޕީ ކެމްޕޭން ދަތުރުގައި ކައްދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 6 ވަނަދުވަހު ހެނދުނު 11:30 ގައެވެ. އަދި ގާދުއަށް ވަޑައިގަތުމަށް ހަޖެހިފައިވަނީ 7 ވަނަ ދުވަހު ހެނދުނު 09:30 ގައެވެ. މާމެންދުއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ 8 ވަނަ ދުވަހު މެންދުރުފަހު 3 ޖަހާއިރު ކަމަށް އޯކޭ ޒާހިރު ފޮނުވި އެސްއެމްއެސް ގައި ވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މި ދަތުރުފުޅުގައި ލ. އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތް ކުރައްވާ ދޮރުން ދޮރަށް ކެމްޕޭން ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް