ފަހުގެ ޚަބަރު


އިތުރަށް...

ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންފި

ލިޔުނީ: Unknown - Tuesday, April 9, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދަތުރުފުޅު ނިންމަވާފަ މާލެ ވަޑައިގަތުން - ފޮޓޯ: ސަންގޯރު
ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެންދުރު މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތު ލާމު ގަމުގައި އިފްތިތާޙްކޮށްދެއްވާފައެވެ. އަދި އެއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވާފައިވެއެވެ.

ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށްރަށުގައި ހަދާފައިވާ އެމްޑީޕީ ހަރުގެތަކާއި ޖަގަހަ ތައް ހުޅުއްވައިދެއްވިއެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ހަދާފައިވާ އެމްޑީޕީ ބޮޑުދިދަ ނަންގަވައިދެއްވިއެވެ.

ރައީސް ރޭ ހިތަދޫގައި ޖަލްސާ ބޭއްވުމަށްފަހު މިއަދު ހެނދުނު ފޮނަދުއަށް ވަޑައިގެން ފޮނަދޫ ހަރުގޭގައި އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު އެމްޑީޕީ މެޖޯރިޓީ އޮންނަ ކުރިގަމު އަވަށަށް ވަޑައިގެން އެ އަވަށުގެ ޒުވާނުންނާއި އެކު ކުޑައިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ކައްދޫ އެއަރޕޯޓަށް ވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުން ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. ވަކީން ޚާއްސަކޮށް ލާމު މާވަށުގެ 70 ވަރަކަށް ޒުވާނުން އެމްޑީޕީއަށް ސޮއެކުރިން ފާހަގަކުރެވެއެވެ. އަދި މިދަތުރު ފުޅުގައި އެމަނިކުފާނަށް އެ ރަށްރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން އެރަށްރަށުގައި އެމަނިކުފާނަށް އޮތް ބޮޑު ތާއީދު އިހުނަށްވުރެ ބޮޑަށް ދަނީ ފެނި ހާމަވަމުންކަމަށް އެމްޑީޕީން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް