ފަހުގެ ޚަބަރު


އިތުރަށް...

ގެސްޓް ހައުސްގެ ވިޔަފާރި ފަށަން ދަތުރުފަތުރުގެ ފަހިކަން ގެންނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, April 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުމަށް ދަތުރުފަތުރު ކުރުމުގެ ފަހިކަން ރާއްޖެއަށް ގެންނާޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތު އިފުތިތާހު ކުރަން މިއަދު ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ކުރިއަރުވަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރު ކުރުމުގެ ފަހިކަމެއް އަންނަން ޖެހޭކަމަށާއި އެއާޕޯޓްތައް އުފެދި އެ އެއާޕޯޓްތަކަށް ބައިނަލްއަޤްވާމީ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމެއް އަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަދާ އެއާޕޯޓްތައް ކައިރީގައިވާ ރިސޯޓްތަކަށް ފަސޭޙަކަމާއެކު ޓޫރިސްޓުންނަށް ދެވޭނެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްވާއިރު އެއާޕޯޓްތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަންޖެހޭ ކަމަށާއި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމުގައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަލުންޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްގީ ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގެސްޓްހައުސް ހިންގަން އެމްޑީޕީން ފަށާ ސިޔާސަތުގެ ސަބަބުން، ވަޒީފާތައް ދެގުނަވެ ތަނަވަސްކަން އުފުލިގެންދާނެ ކަމަށާއި އެ ސިޔާސަތުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދެގުނަ ވެގެންދާނެކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް