ފަހުގެ ޚަބަރު


އިތުރަށް...

ޑިސްކަވަރީ ޗެނަލުން ރާއްޖޭގެ ރަށެއްގައި ‘އޮރިޔާމުން’ މަންޒަރުތަކެއް ނަގައިފި

ލިޔުނީ: Unknown - Friday, May 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދުނިޔޭގެ މަޝްހޫރު ޗެނަލެއް ކަމަށްވާ ޑިސްކަވަރީ ޗެނަލުން ރާއްޖޭގެ ރަށެއްގައި އޮރިޔާމުން މަންޒަރުތަކެއް ނަގައިފިއެވެ.

އިނގިރޭސި ބައެއް ނޫސްތަކުން ހާމަކުރާ ގޮތުގައި އޭޕްރީލް މަހު 14 ވަނަ ދުވަހު ޑިސްކަވަރީ ޗެނަލުން އަލަށް ފެށި ޕްރޮގުރާމެއްކަމަށްވާ “ނޭކްޑް އެންޑް އެފްރެއިޑް” ގެ އެޕިސޯޑަކަށް ރާއްޖޭގެ ރަށެއް ކަމަށްވާ ފުނަދޫގައި ވަނީ މަންޒަރުތައް ނަގާފައެވެ. މި މަންޒަރުތައް ނަގާފައިވަނީ ކޮން އަތޮޅެއްގެ ފުނަދޫއެއްގައި ކަމެއް ސާފެއް ނުވެއެވެ.

މި ޕްރޮގުރާމްގައި އެކްޓަރުން އޮރިޔާމުން ފަޅު ރަށަކަށް ދޫކޮށްލުމުން 60 ދުވަސްވަންދެން އެހެން ބައެއްގެ އެހީތެރިކަމެއް ނެތި ހޭދަކުރަންޖެހެއެވެ. ރާއްޖޭގައި ނަގާފައިވާ މަންޒްރުތަކުގައި ހަރަކާތްތެރިވެފައިވަނީ ޓީލް ލެހާޓް ކޮއެން އާއި، ކްލޭ އެވެ. ޑިސްކަވަރީ ޗެނަލާ ހަވާލާދީ އިނގިރޭސި ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރާއްޖޭގެ އިތުރުން، ޕެނަމާ، ކޮސްޓަރިކާ، އަދި ބޯނިއޯ ގައިވެސް ވަނީ “ނޭކްޑް އެންޑް އެފަރެއިޑް” އަށް މަންޒަރުތައް ނަގައިފައެވެ.

ދިވެހި ރާއްޖެފަދަ އިސްލާމީ ގައުމެއްގައި މިފަދަ މަންޒަރުތަކެއް ނެގުމަށް ބަޔަކަށް ހުއްދަ ދިނުމަކީ އިސްލާމްދީނަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އެތަކެއް ސުވާލު އުފެދިގެން ގޮސްފައިވާ ކަމެކެވެ. އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ފަރާތަކުން މިކަން ކުށްވެރިކޮށް ވާހަކަ ދައްކާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް