ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ސިއްހަތާ ބެހޭ ސިޔާސަތު މާވަށުގައި އިފްތިތާހުކޮށްފި

ލިޔުނީ: Unknown - Friday, May 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ސިއްހަތާ ބެހޭ ސިޔާސަތު ރާއްޖޭގެ 20 ސަރަހައްދެއްގައި މިއަދު އިފްތިތާހު ކުރެވިގެން ދިޔައިރު އަތޮޅު ފެންވަރުގައި ލ. މާވަށުގައިވެސް އިފްތިތާހް ކޮށްފިއެވެ.

"ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން" މި ނަމުގައި ލ. މާވަށުގައި ބޭއްވި ރަސްމީއްޔާތުގައި ސިއްހަތާއި ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ރީކޯ މޫސާ މަނިކެވެ.

އެމްޑީޕީގެ ޗެއާޕާސަން  އެ ޕާޓީގެ ސިއްހަތާއި ގުޅޭ ސިޔާސަތާއި ބެހޭ ގޮތުން ވިދާޅުވީ އެމްޑީޕީ ސަރުކާރެއް ގާއިމުވާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުއްޓާއި އައްޑޫ ސިޓީއާއި އަދި މާލޭގައި ޓާޝިއަރީ ތިން ހޮސްޕިޓަލް ގާއިމް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެއިން ކޮންމެ ހޮސްޕިޓަލަކުން ވެސް ޒަމާނީ ފެންވަރަށް ސަރުކާރުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 2،000 ޑޮކްޓަރުން ތަމްރީން ކުރާނެ ކަމަށާއި އަދި ރާއްޖޭގެ އެކި ސަރަހައްދުގައި 250 މަސައްކަތްތެރިން ހަރަކާތްތެރި ވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

  އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ހިދުމަތްދޭ އާސަންދަ ނިޒާމެއް ނޯންނާނެ ކަމަށާއި އެ ނިޒާމް ރައްޔިތުންނަށް ހިލޭ ހުޅުވާލާނެ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް