ފަހުގެ ޚަބަރު


އިތުރަށް...

'ކޮމިއުނިޓީ ބޭސްޑް ތިއޭޓަރ ވޯރކްޝޮޕެއް' ލ. ފޮނަދޫގައި ބާއްވައިފި

ލިޔުނީ: Unknown - Friday, May 31, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އދ.ގެ ތަރައްޤީ އާއި ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ފާރާތުން ކޮމިއުނިޓީ ބޭސްޑް ތިއޭޓަރ ގެ ދެ މޮޑިއުލް އެއް ހިމެނޭ ވޯރކްޝޮޕެއް ލ. ފޮނަދޫގައި ބާއްވައިފިއެވެ.

ފޮނަދޫގައި ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ 'ފެހި ޖަމިއްޔާ' އާއި ކޮމިއުނިޓީ ބޭސްޑް ތިއޭޓަރ – ދަ މޯލްޑިވްސް ޗެޕްޓަރ އިން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯރކްޝޮޕަކީ ކޮމިއުނިޓީ ބޭސްޑް ތިއޭޓަރގައި ހިމެނޭ ދެ މޮޑިއުލް އެއް ހިންގުނު ވޯރކްޝޮޕެއް ކަމަށް މިކަމުގައި ޙަރަކާތްތެރިވެލެއްވި އޮފިޝަލަކު އެލްއޭ ނިއުސްއަށް މަޢުލޫމާތު ދެމުން ހާމަކުރެއްވިއެވެ.

"ސީބީޓީގަ މި ދައްކައިދެނީ މުޖުތަމަޢުން ފާހަގަކުރެވޭ މައްސަލަ ތަކުގެ މައްޗަށް ކުޅޭ ތަމްސީލުތަކެއް. ސީބީޓީގަ ނުދައްކާނެ ހެޕީއެއްޗެއް، މި މުނިފޫހި ފިލުވުމުގެ ކަމެއް. އޭގަ އަންނާނީ މައްސަލައެއް. އޭގަ މައްސަލަ ހައްލުވެފައި ވާތަނެއް އަޅުގަނޑުމެން ނުދައްކާނަން. ހަމަ މައްލައެއް ފަށައިގެން ގޮސް މައްސަލަ އެންމެ ހޫނުވާ ހިސާބަށް ދައްކާނީ. ދެން އޯޑިއަންސަށް ފުރުޞަތު މިދެނީ މައްސަލަ ހައްލުކުރުމަށް ވަހަކަ ދައްކައިގެން." ވޯރކްޝޮޕްގެ ތަޢާރަފެއް ދެމުން އޮފިޝަލް ހާމަކުރިއެވެ.

މިއީ ޔޫއެންޑީޕީގެ ފަރާތުން މާލޭގައި މީގެ ދެ އަހަރުކުރިން ހިންގި ވާރކްޝޮޕެއްގެ ބައިވެރިން އެ ވޯރކްޝޮޕުން ދަސްވި އެއްޗެއް އަމަލީގޮތުން ބޭނުންކުރުމުގެ ޤާބިލުކަން ހުރިތޯ ބެލުމަށާއި މި ޕްރޮގްރާމާއި މެދު ރަށްރަށުގެ ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ބޭއްވި ވޯރކްޝޮޕެއްކަމަށް އެ ފަރާތުން ހާމަކުރިއެވެ.
"ސީބީޓީ އަކީ އޭގެ ޒާތުގަ ވަރަށް ތަފާތު ގޮތެއް މައްސަލަތަކާއި މެދު ވާހަކަ ދެއްކުމަށް ހުޅުވާލެވޭ. އެހެންވީމަ އޭތި ރައްޔިޔުން ބަލައިގަންނަނީ ކިހިނެތްތޯ ބެލުމަށް މި ކަން މިކުރަނީ."

ފޮނަދޫގައި މިމަހުގެ 27 ން 30 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޙަރާކާތުގައި ބައިވެރިވެފައިވަނީ ގަން-ފޮނަދޫ ސަރަހައްދުގެ ޒުވާނުންނެވެ. ނަމަވެސް މިއީ ވަކި އުމުރުފުރާ އަކަށް ޚާއްޞަ ޙަރަކާތެއް ނޫންކަމަށް މިކަން ހިންގި ޓީމުން ބުނެއެވެ.

މީގެ ކުރިންވެސް ލ. އަތޮޅުގައި މި ޕްރޮގްރާމް ހިންގާފައި ވާނެކަމަށާއި އޭގެ އިތުރުން އައްޑު އާއި ކުޅުދުއްފު އަދި ތިމަރައްފުއްޓާއި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިޙަރަކާތް ހިންގާފައި ވާނެކަމަށް މަޢުލޫމާތުދެ އެވެ.

މި ޙަރަކާތުގެ ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބުނުކަމަށް މި ޙަރަކާތް ހިންގި ޓީމުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ވާރކްޝޮޕްގައި ހުށައަޅާ ތަމްސީލު ހެދުމަށް ހޭދަކުރާ ވަގުތުގައި ވަރަށްގިނަ ހުނަރާއި މަޢުލޫމާތު ލިބިގެންދާނެ ކަމަށް ބުނެއެވެ. މި ޙަރަކާތުގެ ބައެއް ބައިވެރިންވެސް ބުނީ މިއީ ވަރަށް ބޭނުންތެރި ހުނަރެއް ލިބިގެންދިޔަ ޙަރަކާތެއް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް