ފަހުގެ ޚަބަރު


އިތުރަށް...

އެމްއެންޑީއެފް ސެންޓްރަލް އޭއިއާ އާއި ފޮނަދޫގެ ރައްޔިތުން ބަނދަރު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތްތަކެއް ހިންގައިފި

ލިޔުނީ: Unknown - Wednesday, June 5, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް ސެންޓްރަލް އޭއިއާ އާއި ފޮނަދޫގެ ރައްޔިތުން ގުޅިގެން ފޮނަދޫ ބަނދަރު ސަރަޙައްދު ސާފުކުރުމުގެ ޙަރަކާތްތަކެއް ހިންގައިފިއެވެ.

މި ޙަރަކާތުގައި މިއަދުވަނީ ލ.ފޮނަދޫގެ ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން މިއަދު ހެނދުނު 8  އިން 12 އަށް ފޮނަދޫ ރައްޔިތުންނާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިންވަނީ ފޮނަދޫގެ ބަނދަރު ސަރަހައްދުގެ ދެކުނުކޮޅުގައި ކުނިއަޅާ ސަރަހައްދާއި ކުޑަކުދިންގެ ޕާކާއި އަދި ބަނދަރު ސަރަހައްދު މޫދުތެރެވެސް ސާފުކޮށްފައެވެ.

މި ޙަރަކާތްތަކުގައި ފޮނަދޫގައި ހުރި ސަރުކާރު މުވައްސަސާތަކުގެ މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް