ފަހުގެ ޚަބަރު


އިތުރަށް...

ގާސިމް1، ވަހީދު2، ޔާމީނު3، ނަޝީދު4

ލިޔުނީ: Unknown - Sunday, July 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންފުޅުތައް ތަރުތީބު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ގުރުއަތު ނެގުމުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް އެކެއް ލިބިވަޑައިގެންނެވިއިރު ދޭއް ލިބިވަޑައިގެންނެވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށެވެ. އަބުދުﷲ ޔާމީނަށް ތިނެއް ލިބިވަޑައިގެންނެވިއިރު ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 4 އެވެ.

ގުރުއަތު ނެގުމުގެ ބައްދަލުވުމުގައި ގާސިމާއި ޔާމީނު ބައިވެރިވެވަޑައިގެންނެވިއެވެ. ގާސިމާއި ޔާމީނު އަމިއްލަފުޅަށް ގުރުއަތު ނެންގެވިއިރު ރައީސް ވަހީދުގެ ފަރާތްޕުޅުން ގުރުއަތު ނެންގެވީ ރައީސް ވަހީދުގެ އެޑްވައިޒަރު އަހުމަދު ތައުފީގެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ގުރުއަތު ނެންގެވީ ކުރީގެ ޔޫތް މިނިސްޓަރ ހަސަން ލަތީފުއެވެ

ގާސިމާއި ނަޝީދަށް ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ނަމްބަރުތަކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް