ފަހުގެ ޚަބަރު


އިތުރަށް...

ގަމުގައި މީހަކު މަރާލި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ލިޔުނީ: Unknown - Saturday, July 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ނިޒާރުއަށް ހަމަލާދީ މަރާލި ސަރަޙައްދު - ފޮޓޯ: އެލްއޭ ނިއުސް
ލ. ގަމުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު މީހަކަށް ހަމަލާދީ މަރާލި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ގަމު މުކުރިމަގު އަވަށުގައި ހަމަލާދީ ލ. ގަމު ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލް މަރާލި މައްސަލާގައި އެންމެ ފަހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. މީގެ ކުރިން ވަނީ 22 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

ނިޒާރުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ މާލެ އިން ތަހުގީގު ޓީމެއް ގޮސް ލ. އަތޮޅުގައި ތިބި ފުލުހުންނާ ގުޅިގެންނެވެ.
ސައިކަލެއްގައި ދަނިކޮށް ހަމަލާދީ ނިޒާރުގެ ބޮލަށް ފުން ޒަހަމްތަކެއް ދީފައިވާއިރު ބުރަކަށީގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. އަދި ކަނާތު ލޮލަށް އެއްޗެއް ކޮއްޕާލުމުން އަނިޔާލިބިފައިވާއިރު ދަތްދޮޅި އާއި ކޯތާފަތްމަތީގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އާއިލާ އިން ބުނިގޮތުގައި ނިޒާރަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮ ކަމަށް ހީކޮށް އޮޅިގެންނެވެ. އޭނާ ކޮއްކޮއާ ހަމަލާދިން މީހުންނާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް