ފަހުގެ ޚަބަރު


އިތުރަށް...

"ނެތޭ ވެވޭކަށް ބާޣީއަކަށް" ރަނިންގމޭޓް އުތުރުން ދެކުނަށް

ލިޔުނީ: Unknown - Saturday, July 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

"ނެތޭ ވެވޭކަށް ބާޣީއަކަށް " މި ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ މުސްތަފާ ލުތުފީގެ ކެމްޕެއިން ދަތުރުފުޅުތަށް މިއަދު މެންދުރުފަހު ފައްޓަވާނެ ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އެ ޕާޓީން ބުނީ "ނެތޭ ވެވޭކަށް ބާޣީއަކަށް" މި ނަމުގައި ޑރ މުސްތަފާ ލުތުފީ މިއަދު ފައްޓަވާ ކެމްޕޭން ދަތުރުފުޅުތަށް މިއަންނަ މަހުގެ ހަތަކާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި ، އެގޮތުން ރާއްޖޭގެ އެންމެ އުތުރު ހއ އަތޮޅުން ފަށާގޮތަށް އެންމެ ދެކުނަށް އައްޑޫ ސިޓީ އާއި ދެމެދުގައިވާ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުތަކުގައި ޑރ މުސްތަފާ ލުތުފީ ޒިޔާރަތް ކުރައްވާ ރަށްތަކަކީ ހއ. އިހަވަންދޫ، ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޮނަދޫ، ނ. މަނަދޫ، ޅ. ނައިފަރު، ހިންނަވަރު، މާލެ ސިޓީއިން ހުޅުމާލެ، ވިލިނގިލި، ރ. އުނގޫފާރު، ބ. އޭދަފުށި، ކ. ކާށިދޫ، ގުރައިދޫ އއ. އުކުޅަސް، އދ. މާމިނގިލި، ކ. މ. ދިއްގަރު، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ، ގައްދޫ، ގއ. ދާންދޫ، ގއ. ކޮލަމާފުށި، ވިލިނގިލި، ޏ. ފުވައްމުލައް އައްޑޫ ސިޓީ އަދި މާލެ ސިޓީގެ އަވަށްތަށް ކަމަށް އެމްޑީޕީން ބުނެއެވެ.



ލ. އަތޮޅަށް ދަތުރު ޝެޑިއުލް ކުރެވިފައިވަނީ އަންނަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހަށެވެ. އަދި ލ. ފޮނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައި ވެއެވެ.

ރައީސް ނަޝީދު އެއްބުރުން ހޮވުމަށް އެމްޑީޕީއިން މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން މި ފަހަރުގެ ދަތުރުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕާޓީން ބުނެއެވެ.

އެގޮތުން މިފަހަރު ޑރ. މުސްތަފާ ލުތުފީ ޒިޔާރަތްކުރައްވާ ރަށްރަށުގައި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގެ ބިލްބޯރޑު އަދި ބަޣާވާތާ ގުޅޭ ބިލްބޯރޑް ހަރުކުރުމުގެ އިތުރުން 7 ފެބްރުއަރީގައި ހިންގި ބަޣާވާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތް ބެހުމާއި ، ބަޣާވާތުގެ ސީޑީ ބެހުން ހިމެނޭ ކަމަށެވެ.

ޑރ. މުސްތަފާ ލުތުފީއާއި އެކު މި ދަތުރުފުޅު ތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި ، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދު ދީދީއާއި ، އެމްޑީޕީ ސަރުކާރުގެ އެޑީއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދުއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް