ފަހުގެ ޚަބަރު


އިތުރަށް...

އާޓް ގެލެރީގައި ބާއްވަން އުޅުނު އެގްޒިބިޝަން ހުޅުވިޔަ ނުދީ ތަޅުދަނޑި ހިފަހައްޓައިފި

ލިޔުނީ: Unknown - Friday, July 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެއްސި ދެ ފިޔަވަޅު ފަހަތަށް އާރޓް އެގްޒިބިޝަން ހުޅުވުމަށް ސަރުކާރުން ހުރަސް އެޅުމުގެ ސަބަބުން އެއެގްޒިބިޝަން ކެންސަލްކޮށްފިއެވެ.

އެގްޒިބިޝަންގެ އެންމެ ފަހުގެ ތައްޔާރީތަށް ނިންމާލުމަށްފަހު، ރާއްޖެޓީވީގެ ކްރޫ ރޯދަވީއްލަން އައުމަށްފަހު، އެނބުރި އާރޓް ގެލެރީއަށް ދިޔައިރު އެތާނގައި ތަޅުއަޅުވާ ރާއްޖެޓީވީގެ ކްރޫއަށް އާރޓް ގެލެރީއަށް ވަނުމަށް ސަރުކާރުންވަނީ ހުރަސް އަޅާފައެވެ. އެމްއެންޑީއެފްއިން ބުނީ ނެޝަނަލް އާރޓް ގެލެރީގެ ތަޅުދަނޑި ނަގާފައިވަނީ ޓުއަރިޒަމް މިނިސްޓަރ އަދީބުގެ އެންގެވުމަށް ކަމަށެވެ.

މިއެގްޒިބިޝަން ބާއްވަން ދުރާލާ ރާއްޖެޓީވީން ނެޝަނަލް އާރޓް ގެލެރީއާއެކު އެއްބަސްވުމެއް ޤާއިމްކޮށްފައިވާއިރު، މިރެއިން ފެށިގެން ތިންދުވަހަށް އެއެގްޒިބިޝަން ކުރިއަށް ގެންދަން ރާއްޖެޓީވީއަށްވަނީ ހުއްދަ ލިބިފައެވެ. މިއިވެންޓް ބާއްވަން ރާއްޖެޓީވީން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު، ސަރުކާރުގެ މިއަމަލުގެ ސަބަބުން ރާއްޖެޓީވީއަށް ވަނީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހިފައެވެ.

ރާއްޖެޓީވީގެ އާރޓް އެގްޒިބިޝަންއަށް ހުރަސްއަޅާ އެތައް ލައްކަ ރުފިޔާގެ ގެއްލުން ދިވެހި ސަރުކާރުންދީފައިވާތީ، ސަރުކާރުގެ މިއަމަލް ރާއްޖެޓީވީގެ މެނޭޖްމަންޓުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ބާއްވަން ގަސްތުކުރި އާރޓް އެގްޒިބިޝަނަށް ސަރުކާރުން ހުރަސްއަޅާފައިވާއިރު،، ސަރުކާރުގެ މިއަމަލު ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.

އާރޓް އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އާރޓް ގެލެރީ ދޮރުމަތީ ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ ލުތުފީ ވިދާޅުވީ ޤައުމުގެ ފަންނުވެރިންނަށް ހުރަސްއެޅުމަކީ ކޮށްގެން ވާނޭކަމެއް ނޫން ކަމަށެވެ. ޑރ.ލުތުފީ ވިދާޅުވީ ފަންނުވެރިންގެ މަސައްކަތަށް ހުރަސްއެޅުމަކީ ޤައުމު ފަހަތަށް ދިޔުން ކަމަށާއި ސަރުކާރުގެ މިއަމަލް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް