ފަހުގެ ޚަބަރު


އިތުރަށް...

ބްލަޑް ބޭންކުގައި ހުރި ލޭތައް ކުނިވީ ކަމަށް ބުނެ އުކާލުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާކޮށްފި

ލިޔުނީ: Unknown - Monday, July 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
02:23
މަޝްވަރާ ކުރިޔަށްދާއިރު މާދަމާ ފަހަރެއްގައި ބައްދަލުކުރައްވާނެ ކަމަށާއި އަދި މިކަމަށް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ އަލީ ޝަރީފް މަޝްވަރާ ނިންމާލައްވައިފި
02:20
މިކަމާ ބެހޭގޮތުން މިނިސްޓްރީއަށް ފުރިހަމަ މައުލޫމާތު ލިބޭ ކަމަށާއި، އެހެން ނަމަވެސް މާލީ ދަތިތަކާ ހެދި އެއްވެސް ހައްލެއް ހޯދިފައިނުވާކަމަށް ހެލްތުގެ ސްޓޭޓު މިނިސްޓަރު ބުނޭ
66701_662552633773688_544897606_n
02:18
ތެލެސީމިއާ ސެންޓަރު ބޭރުގައި އެއް އަޑަކަށް ދަނީ ބާޣީ ގޮވަމުން
02:08
ނޫސްވެރިންނާއި ބެލެނިވެރިންނާއި ނުލައި މަޝްވަރާ ކުރިޔަށް ހިނގައިދާނެތީ ތެލެސީމިއާ ސެންޓަރު ބޭރު ވަނީ ހަލަބޮލި ވެފައި.
02:06
މަޝްވަރާކުރުމަށް ޝަރީފް ސެންޓަރަށް ވަދެ މީޑިޔާއާއި ބެލެނިވެރިން ސެންޓަރުން ބޭރުކޮށްލައިފި
02:04
ތެލެސީމިއާ ސެންޓަރަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނުވައްދައި ހިފަހައްޓައިފި. ތެލެސީމިއާ ސެންޓަރުގެ ބޭރު ވަރަށް ބޮޑަށް ވަނީ ހަލަބޮލި ވެފައި.
02:02
ފުލުހުންގެ ހިމާޔަތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝަރީފް ވަޑައިގެންފި
01:55
އިތުރު ފުލުހުން ތެލެސީމިޔާ ސެންޓަރު ސަރަހައްދަށް ޖަމާވެއްޖެ
01:52
މައްސަލަ ހޫނު ވަމުންދާކަމަށް ‘ޓައިމްސް’ އަށް ހަބަރު ލިބިފައިވޭ ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އަދި ހިންގާފައެއް ނުވެއެވެ.
01:50
ރައްޔިތުން ނިކުތީމަ ރައްޔިތުންނަށް ވުރެން ސަރުކާރު ގަދައެއް ނުވާނެކަމަށާއި ސަރުކާރުގެ ޖަވާބުދާރީ ވެވޭނެ ފަރާތެއް މިރޭ އަންނަންޖެހޭނެ ކަމަށް މަޖިލިސް މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
01:39
ވަޙިދު ތެލެސީމިއާ ކުދިންގެ ހައްގުގައި ކުރާ އެއްވެސް ކަމެއް ނެތްކަމަށާއި، ރައީސް މައުމޫންގެ ދައުރުގައިވެސް ރައިސް ނަޝީދުގެ ވެރިކަމުގައިވެސް މިހާ ހާލުގައި އުޅެން ނުޖެހޭ ކަމަށާއި، ރޭ ޑރ.ފަރުޒާނާ އަމިއްލައަށް ސިރިންޖާއި ތަކެތި ގަންނަން ބުނުމުން އެ ގަންނަށް ލިބުނީ 400 ރުފިޔާއަށް ކަމަށް ލޭ އަޅާ ކުއްޖެއްގެ ބެލެނިވެރިއެއް ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން ހާމަކުރިއެވެ.
01:35
ތެލެސީމިއާ ސެންޓަރާ ހަވާލު ވެ ހުންނެވި ފައިސަލް އިބްރާހިމް މިރޭ ހެލްތް މިނިސްޓަރު ޖަމްޝީދާއި ސްޓޭޓް މިނިސްޓަރު އަލީ ޝަރީފަށް ގުޅުއްވުމުން އެތަނަށް ދިއުމަށް އިންކާރު ކޮށްފައިވާކަމަށް ފައިސަލް ވިދާޅުވެއްޖެއެވެ.
01:26
ސަރުކާރުން މިހާރުން މިހާރަށް ތެލެސީމިއާ ސެންޓަރަށް ވަޑައިގަތް ޖަވާބުދާރީ ވުމަށް އެމް.ޕީ މަހުލޫފް ގޮވާލައިފި. އަދި ސިޔާސީ އިދިކޮޅު ފަރާތްތައް ކަމަށްވާ އެމްޑީޕީ މެންބަރުންނާއި އެކުގައި އައިސް ހުންނެވީ ގައުމީ މައްސަލައެއް ގޮތައް ދެކިގެން ހައްލުކުރުމަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
01:23
އެމް.ޕީ މަހުލޫފް ވެސް ތެލެސީމިއާ ސެންޓަރަށް ވަޑައިންނަވައިފި. ފައިސަލް ވިދާޅުވީ މިނިސްޓްރީގެ އެއްވެސް ބޭފުޅެއް މިރޭ ތެލަސީމިއާ ސެންޓަރަކަށް ނާންނާނެކަމަށެވެ.
01:16
މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ތެލެސީމިއާ ސެންޓަރުގައި ހަރަކާތްތެރި ވަމުންދޭ.
01:13
ތެލެސީމިއާ ކުދިންނަށް ހައްލެއް ހޯދައި ނުދެވޭނަމަ އިސްތިއުފާ ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރަރު އަލީ ވަހީދު ވަނީ ގޮވާލާފަ.
01:08
ތެލެސީމިއާ ޕޭޝަންޓެއް ދާދި ދެންމެ ހާމަކުރި ގޮތުގައި ތެލެސީމިއާ ސެންޓަރާ ހަވާލު ވެ ހުންނެވި ފައިސަލް އިބްރާހިމް މިރޭ އެންމެން އިއުތިޖާޖް ކުރަން ފެށުމުން ފިލަން އުޅުނު.
thelasamia protest
01:03
ސަރުކާރުގެ މައްސޫލިއްޔަތު ބަލާ ކޮމެޓީގެ ރައީސް އެމް.ޕީ އަލީ ވަހީދު އަދި އެމް.ޕީ އަލީ ރިޒާ ތެލަސީމިއާ ސެންޓަރަށް ދާދި ދެންމެ ގޮސްފި.
00:58
ބެލެނިވެރިއެއް ދާދި ދެންމެ ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ މައުމޫންގެ ސަރުކާރުގައިވެސް، ނަޝީދުގެ ސަރުކާރުގައިވެސް އިމާރާތް ވިރާނާ ވެފައި ހުރިނަމަވެސް ހިދުމަތް ރަނގަޅު ކަމަށް ހާމަކޮށްފައިވެއެވެ. އަދި މިރޭ 8 ޖެހީންސުރެއް ބެލެނިވެރިން ސަރުކާރުން ޖަވާބެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.
00:55
ހެލްތް މިނިސްޓްރީ އާއި މި މައްސަލަ މިއަދުވެސް ހިއްސާކޮށްފައިވާ ކަމަށް ތެލެސީމިއާ ސެންޓަރާ ހަވާލުވެ ހުންނެވި ފައިސަލް ދެންމެ ވިދާޅުވެއްޖެއެވެ.
00:48
މިރޭ 9 ޖެހީއްސުރެން ބެލެނިވެރިންނާއި ލޭ އަޅާ ކުދިން ދަނީ ތެލެސީމިއާ ސެންޓަރު ކުރިމަތީގައި ހިތް ހަމަ ނުޖެހުން ފާޅުކުރަމުން ނަމަވެސް ހެލްތް މިނިސްޓްރީގެ އެއްވެސް އިސް ބޭފުޅެއް އެތަނަށް ނުދާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބެލެނިވެރިންނާއި ކުދިން ބުނަމުންދަނީ މިނިސްޓްރީގެ ބޭފުޅެއް އެ ފަރާތްތަކާ ބައްދަލު ނުކުރާހާ ހިނދަކު ތެލަސީމިއާ ސެންޓަރު ކުރިމަތިން ނުދާނެކަމަށެވެ.
00:37
މުޒާހަރާ ކުރަމުންދާ ކުދިންގެ އެދުމަކީ ހެލްތު މިނިސްޓްރީގެ އިސްވެރިންގެ ބަޔަކާއި ބައްދަލުކުރުން. އެހެން ނަމަވެސް ސަރުކާރުން އަންގާފައިވަނީ މާދަމާ ބައްދަލުކުރާނެ ކަމަށް.
00:25
ރާއްޖޭގެ ހުރި ބްލަޑް ބޭންކުގައި ރައްކާކުރެވިފައި ހުރި ލޭތައް ކަރަންޓު ނެތުމުގެ ސަބަބުން ކުނިވީކަމަށް ބުނެ ތެލެސީމިއާ ސެންޓަރުން އުކާލައިފިއެވެ.
އެތައް މަސައްކަތެއް ކޮށްގެން ލޭއަޅާ ކުދިންގެ މައިންބަފައިން ހޯދާފައިވާ ލޭ ނޭޝަނަލް ބްލަޑް ބޭންކުން އުކާލާފައިވާތީ ތެލެސީމިއާ ސެންޓަރު ކުރީމަތީގައި ދަނީ މުޒާހަރާކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް