ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެއަށް ގެނައި މިލިޓަރީ ބަޣާވާތާއި އެއްކޮޅަށް ހުންނެވި ޝައިޚް އިލްޔާސް ލ. ފޮނަދޫ މަސްޖިދުލް ޢުލާގައި ދަރުސް ދެއްވައިފި

ލިޔުނީ: Unknown - Saturday, July 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ފުރިހަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ރާއްޖެއަށް ގެނައި މިލިޓަރީ ބަޣާވާތާއި އެއްކޮޅަށް ހުންނެވި ޝައިޚް އިލްޔާސް ލ. ފޮނަދޫ މަސްޖިދުލް ޢުލާގައި އިއްޔެ ދަރުސް ދެއްވައިފި އެވެ.

ޝައިޚެއްގެ ލަޤަބު ލިބިވަޑައިގެންވާ ޝައިޚް އިލްޔާސް ވަނީ ރާއްޖެއަށް ގެނައި ބަޣާވާތް ކުށްވެރިކުރުމުގެ ބަދަލުގައި އެ ބަޣާވާތަކީ ބަޣާވާތެއް ނޫންކަމަށް ހައްދަވަން މަސައްކުރައްވާފައެވެ. އަދި ބަޣާވާތްގެނައުމަށްފަހު އުފެދުނު ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ޝައިޚް އިލްޔާސް އިއްޔެ މެންދުރު ހުކުރު ނަމާދު ކުރައްވާފައިވަނީވެސް ލ. ފޮނަދޫ މެދުއަވަށުގައި ހުންނަ މަސްޖިދުލް ޢުލާގައެވެ.

ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ އެންމެ ކުރީ ސަފުގައި ގުނެމުންދިޔަ އިލްޔާސްގެ މަޤުބޫލުކަން ބަޣާވާތަށް ރުހުން ދިނުމުން ދުވަހެއް ދުވަހަކަށް ފަނޑުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް