ފަހުގެ ޚަބަރު


އިތުރަށް...

މާރާމާރީއާއި ދެކޮޅަށް މާދަމާ ގަމު ޒުވާނުން ނުކުންނަނީ

ލިޔުނީ: Unknown - Saturday, July 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފަހަކަށް އައިސް ހިނގަމުންދާ ތަފާތު ގިނަ މާރާމާރީތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ލ. ގަމުގައި މާދަމާ ލޮރީ ބުރެއް ބޭއްވުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރަމުން އެބަދެއެވެ.

ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މާރާމާރީއާއި، ގަމުގެ އަވަށު ވާދަވެރިކަމުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި ދެ މީހަކު މިހާތަނަށް މަރުވެފައިވާއިރު ގަމަކީ އަމާން ތަނަކަށް ހެދުމަށާއި ތިން އަވަށުގެ މެދުގައި އެކުވެރިކަން އާލާ ކުރަން ބާއްވާ ލޮރީ ބުރު ފަށާނީ މާދަމާ ހަވީރު 4:15 ގައި ކަމަށް މައުލޫމާތުލިބެއެވެ.

މިލޮރީ ބުރު އިންތިޒާމްކޮށްފައިވަނީ ގަމު ކުލަބް ޖަމިއްޔާތަކާއި، ގަމު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައެއް ޒުވާނުން ގުޅިގެންނެވެ.

މާރާމާރީއާއި ދެކޮޅަށް އަޑު އުފުލަން ނިންމި އެންމެ ބޮޑު ސަބަބުތަކަކީ ފަހަކަށް އައިސް ގަމުގައި ހިންގާ ބޮޑެތި މާރާމާރީތަކުގެ ސަބަބުން ގަމުގެ ނަން ކިލަނބުވަމުން ދާތީ އާއި މާރާމާރީތަކުގެ ސަބަބުން މީހުންގެ ފުރާނަ އަށާއި އާއިލާތަކާއި މުދަލަށް ބޮޑެތި ގެއްލުން ލިބި، ގަމުގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު އޮތްއިރު މާރާމާރީތަކުގެ ސަބަބުން ރަށުން ބޭރުން ކިޔެވުމަށް އަންނަން ތިބި ކުދިން ގަމަށް އަންނަން ޖެހިލުންވާއިރު ގަމުގައި ކުރިއަށްދާ ޓޫރިޒަމް ވިޔަފާރި ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާތީ ކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މާރާމަރީއާއި ދެކޮޅަށް އަޑު އުފުލުމަށް ނިންމާފައިވާއިރު މިމަހު 14 ވަނަ ދުވަހުގެ ރޭ ވެސް އެރަށުގައި ވަނީ މީހަކަށް ހަމަލާދީ މަރާލާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް