ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެޓީވީ ބަންދުކުރުމަށް ކުރާ މަސައްކަތް ބަލާ ތަހުގީޤްކުރުމަށް ކޮމިޝަނަށް ގޮވާލައިފި

ލިޔުނީ: Unknown - Sunday, July 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންތިހާބާއި ދިމާކޮށް، ރާއްޖެޓީވީ ބަންދުކުރުމަށް މިސަރުކާރުގައި ހިއްސާވާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނާ އެސްއެމްއެސް ތަކެއް މީޑިއާގައި ދައުރުވަމުންދާތީ، މިމައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާއި ރާއްޖެޓީވީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.

ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ސޮއިކުރައްވާ ބްރޮޑްކާސްޓިން ކޮމިޝަނަށް މިއަދު ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން އާއި އަރިސްް ބޭފުޅެއްގެ ފޯނުން ލީކުވި ކަމަށް ބުނާ މި މެސެޖާއި ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ދިވެހި އޮބްޒާވަރ"ގައި ބުނެފައި ވަނީ، ރާއްޖެޓީވީ ބަންދުކުރުމަށް ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ.

އެގޮތުން އެ މެސެޖުތަކުގައިވާ ގޮތުން "ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އާއި ޝާހީން ހަމީދު އާއި ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ބައިވެރިވެގެން، ޤާނޫނުގެ ގޮޅި އަކަށް ފައްތައިގެން ރާއްޖެ ޓީވީ ބަންދު ކުރެވެން ހުރި ހުރިހާ ގޮތެއް ވަނީ ބަލާ ނިމިފައެވެ. ބެލި ބެލުމުން ރާއްޖެ ޓީވީ ބަންދު ކޮށްލެވޭނެ ފަދަ ނުކުތާ ތަކެއް ފެނިފައިވާ ކަމަށް މެސެޖުގައި ބުނެއެވެ. އެހެން ނަމަވެސް، ވީޓީވީ ބަންދު ނުކޮށް ހަމަ އެކަނި ރާއްޖެ ޓީވީ ހުއްޓުވުމަކީ ސިޔާސީ ގޮތުން ނެގޭ ރިސްކަކަށް ވެދާނެތީވެ މި ދެ ޗެނަލްވެސް ބަންދު ކުރުމަށް ތިމަންނަމެން ނިންމާފައިވާ ކަމަށާއި، ކުޑަ ސަސްޕެންޝަނަކަށް ފަހު ވީޓީވީ ގެ ޚިދުމަތް އަލުން ފެއްޓުމުގެ ހުއްދަ ކޯޓުން ދޭނެ ކަމަށް ވަނީ ބުނެފައިވެއެވެ. ރާއްޖެ ޓީވީ ބަންދު ކުރުމަށްޓަކައި ގެންނަން ޖެހޭ ހާލަތު ގެނައުމުގެ ތައްޔާރީތައް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި އަބްދުﷲ ހަމީދުގެ ދަރިކަލުން ހަމްދޫން ހަމީދު ކޮށްފައިވާ ކަމަށް މެސެޖުގައި ބުނެއެވެ. އަދި އިންތިހާބު އޮންނަ ދުވަހުގެ ދުވަސް ކޮޅެއް ކުރިން ނުވަތަ ގަޑިތަކެއް ކުރިން ރާއްޖެ ޓީވީގެ ސީނިއަރ މެނޭޖެމަންޓުގެ އިތުރުން ޓެކްނިކަލް މީހުން ހައްޔަރު ކުރަން ކޮންމެހެންވެސް ޖެހޭނެ ކަމަށާއި އަދި، އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ހުއްދަ (ކޯޓުން) ލިބޭނެ ކަމަށް މެސެޖުގައި ވަނީ ބުނެފައިވެއެވެ. ‘ވާރސްޓް ކޭސް ސިނާރިއޯ’ އެއްގައި މަޤުސަދު ހާސިލު ކުރުމަށް ފައިސާ ބޭނުން ކޮށްގެން ނަތީޖާ ނެރެން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މި މެސެޖުގައި ބުނެއެވެ. މީގެ އިތުރުން، ތިމަންނަމެން ނާޒިމް އާއި ރިޔާޒު އާއި ވަކި ވަކިން ބައްދަލު ކޮށްފައިވާ ކަމަށާއި އެ ދެމީހުންވެސް ‘އޮންބޯޑް’ ވެފައިވާ ކަމަށާއި އަދި، ޔާމީން އާއި އާޒިމާ މާދަމާ ގެ ވަގުތެއްގައި އެޗްއީޕީ (ރައީސް) އާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވާކަމަށް" "ދިވެހި އޮބްޒާވަރ" ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖެޓީވީން ފޮނުވި ސިޓީގައި ބުނެފައިވަނީ އިންތިހާބުގެ ދުވަހާއި ގާތްކޮށް ރާއްޖެޓީވީ ބަންދުކުރާނެ ކަމަށް ބުނާ މެސެޖްތަކެއްގެ ވާހަކަތައް ސޯޝަލް މިޑިއާގައި ވެސް ވަރަށް ހަލުވިކަމާއިއެކު ދައުރުވަމުންދާތީ، ރާއްޖެޓީވީގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ބޮޑު ބިރުވެރިކަމަކާއި ނުތަނަވަސްކަމެއް އުފެދިފައިވާކަމަށެވެ. އަދި ބްރޯޑްކާސްޓް ސްޓޭޝަންތަކާއި ގުޅިގެން ދެކެވޭ މިފަދަ ވާހަކަތަކަކީ، ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބެލެވި، އެކަންކަމުގެ ހަޤީގަތް ވަގުތުން ވަގުތަށް ދެނެގަނެވި، ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމުގައި ރާއްޖެޓީވީން ދެކޭ ހިނދު، މިމައްސަލަ ބަލާ މިފަދަ ނޭދެވޭ ޖަރީމާއެއް ނުހިނގާނެކަމުގެ ޔަޤީންކަން ދެއްވުމަށް އެދި ދަންނަވާކަމަށް ރާއްޖެޓީވީން އެމްބީސީއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް