ފަހުގެ ޚަބަރު


އިތުރަށް...

އަލީ ހަމީދު ދެ އަންހެނަކާ އެކު "ބަދުއަޚްލާގީ އަމަލު ހިންގާ" ވީޑިއޯތަކެއް ލީކް ކޮށްލައިފި

ލިޔުނީ: Unknown - Saturday, July 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދެ އަންހެނަކާ އެކު ބަދުއަހުލާގީ އަމަލު (ނުބައި އަޚުލާގު، ހުތުރުކޮށްއުޅޭ އުޅުން) ހިންގާ ކަމަށް ތުހުމަތު ކުރެވޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްތަކެއް ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފި އެވެ.

އޭގެ ތެރެއިން އެއް ވީޑިއޯ އިން ފެންނަނީ އަލީ ހަމީދު ބިދޭސީ އަންހެނަކާ ވާހަކަ ދައްކާ މަންޒަރެވެ. އެ ވީޑިއޯގައި އެ އަންހެން ކުއްޖާ އަލީ ހަމީދު އަރިހުން ކޮޓަރީގެ މިނީ ބާގައި ހުރި ރަލާ ބެހޭ ހޮތުން ސުވާލު ކުރާތަން ފެނެ އެވެ. އެ ވީޑިއޯ އިން ފެންނަނީ ދެ މީހުން ވެސް ޖަނގިޔާ ކޮޅެއްގައި ކޮޓަރީގެ ތެރޭގައި އުޅޭ މަންޒަރެވެ.

ނަމަވެސް މިއަދު ސޯޝަލް މީޑިއާގައި ލީކްކޮށްލި ދެ ވަނަ ވީޑިއޯ އިން ފެންނަނީ އެ އަންހެން ކުއްޖާ އަލީ ހަމީދާ އޮޅުލައި "މަޖާ"ކުރާ މަންޒަރެވެ.

ތިން ވަނަ ވީޑިއޯ އިން ފެންނަނީ ހަމީދު އެހެން އަންހެނަކާ ކުއްޖަކާ އެކު އުޅޭ މަންޒަރެވެ. އެެ ވީޑިއޯގައި އަލީ ހަމީދު އޮންނަވަނީ އެނދުމަތީގައި ހެދުންކޮޅު ތުރުކުރައްވައިގެން އޮށޯވެ އެވެ. ނަމަވެސް އަންހެން ކުއްޖާ ކޮންމެވެސް ވަރަކަށް މަތީ ހެދުން ކަސްފު ކުރާ ތަން ދައްކަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ އަލީ ހަމީދާއި ގޯލްޑަން ލޭންގެ ހިއްސާދާރު މުހަންމަދު ސައީދު (ގޯލްޑަން ލޭން ސައީދު) ސިޔާސީ ވާހަކަތަކެއް ދައްކަނިކޮށް މީގެ ކުރިން ލީކްވި ވީޑިއޯގައި ވެސް ތިބި ކޮޓަރި ކަމަށް ލަފާކުރެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް