ފަހުގެ ޚަބަރު


އިތުރަށް...

ވަތަނިއްޔާ ރަމަޟާން ސަޕްރައިޒްގެ އައިފޯނެއް ލ. ފޮނަދޫ ޒުވާނަކަށްވެސް ލިބިއްޖެ

ލިޔުނީ: Unknown - Saturday, July 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ވަތަނިއްޔާ "ރަމަޟާން ސަޕްރައިޒް" ޕްރޮމޯޝަންގައި 11 އައިފޯނާއި އެތައް ހާސް ކަސްޓަމަރުންނަށް ހިލޭ ކްރެޑިޓް އަދި ލިވް އަންލިމިޓެޑް ކާޑު ދީފި އެވެ. މި އިނާމުތައް ދިން އިރު ލ. ފޮނަދޫ ލިލީމާގޭ ޢަލީ ޚަލީލަށްވެސް ވަނީ އައިފޯނެއް ލިބިފައެވެ.

ވަތަނިއްޔާ އިން ބުނި ގޮތުގައި އެ ކުންފުނިން މި ރޯދަ މަހު ރަމަޟާން ސަޕްރައިޒުގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޑަބްލިޔު ޕްރިޕެއިޑާއި ޑަބްލިޔު މިކްސް އަދި އެމްވީޕީއެން ޕްރިޕެއިޑް ކަސްޓަމަރުން #999* ނަމްބަރަށް ގުޅާލައިގެން ބައިވެރިވެވޭނެ އެވެ. އެގޮތުން މި ޕްރޮމޯޝަންގައި އައިފޯން ފަހެއްގެ 11 ފޯނާއި ގިނަ ކަސްޓަމަރުންނަށް ހިލޭ ކްރެޑިޓް އަދި އަންލިމިޓެޑު ރީޗާޖު ވައުޗާ ދީފައިވެ އެވެ.

ވަތަނިއްޔާ އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މި އިނާމުގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ދެ އެވެ. އެ އިނާމުތަކުގެ ތެރޭގައި ވަތަނިއްޔާގެ ނަމްބަރުތަކުން 50ރ. ގެ ލޯކަލް ކޯލް ކުރުމުން 300،000ރ. އަށް ވުރެ އަގު ހުރި އިނާމުތަކެއް ދޭއިރު، މި ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ލިބެނީ އެކްސްޒޯނުން ހުށަހަޅާފައިވާ 140،000ރ.ގެ ޔަމަހާ ޖުޕިޓާ ދެ ސައިކަލެވެ. މީގެ އިތުރުން އަލޯރާ އިން ބައި ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭއިރު، ކޮންމެ ހަފުތާއަކު ހޮވޭ ކަސްޓަމަރަކަށް ސޮނީ އެކްސްޕީރިއާ ޒެޑް ފޯނެއް ވެސް ދެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް