ފަހުގެ ޚަބަރު


އިތުރަށް...

މާރާމާރީއާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް ގަމު ޒުވާނުން އިންތިޒާމުކުރި ވެހިކަލްބުރު ބާއްވައިފި

ލިޔުނީ: Unknown - Saturday, July 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި ފަހަކަށް އައިސް ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމާއި މާރާމާރީ ހިންގުން އިތުރުވެފައިވާތީ އެރަށު ޒުވަނުން އިސްނަގައިގެން އެކަމާ ދެކޮޅަށް ޝުއޫރު ފާޅުރުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވައިފި އެވެ.

ވެހިކަލް ބުރު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހަކު ބުނީ މިއަދު ހަވީރު 4:30 ގައި ފެށި އެ ވެހިކަލް ބުރުގައި ގަމު ކައުންސިލަރުންއި ޖަމްއިއްޔާތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ފުލުހުންނާއި ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.

އޭނާ ބުނީ އެކި ބެނާތައް ހިފައިގެން ކުރިއަށް ގެންދިޔަ އެ ވެހިކަލްބުރުގައި ރަށުގެނަން ކިލަނބުވިޔަ ނުދޭނެ ކަމަށް ބުނެ ބައިވެރިން އަޑުއުފުލައިފައިވާ ކަމަށެވެ.

ގަމަކީ ރާއްޖޭގައި އޮތް ބިންބޮޑު އެއް ރަށަށް ވާތީ އެރަށުގައި އިންވެސްޓުކުރުމަށް މީގެކުރިން އެތަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އެރަށުގައި މާރާމާރީތައް އިތުރުވެފައިވާތީ އިންވެސްޓުކުރަން ތިބި ފަރާތްތަކުން އެކަމަށް ފަސްޖެހެމުން އަންނަ ކަމަށް އެމީހާ ބުންޏެވެ.

ގަމުގެ ތިން އަވަށުގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރު ނިންމާލާފައި ވަނީ ހަވީރު 6:00 އެހައިކަންހާއިރު އެވެ.

ގަމުގައި ހިންގި މާރާމާރީތަކުގައި މިއަހަރުގެ ތެރޭގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. ގަން ތުނޑީ އަވަށުގެ ގެއެއްގައި އެރަށު އަސުރުމާގޭ މުހައްމަދު ހަސަން ނިދާފައި އޮތްވާ ބަޔަކު ދިންހަމަލާގެ ސަބަބުން އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވަނިކޮށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގްރޫޕްހަދައިގެން ސައިކަލްތަކުގައި ދިޔަ ބަޔަކު މާރާމާރީ ހިންގުމުގެ ސަބަބުން އެރަށު ވްޑުލޭންޑް އަހްމަދު ނިޒާރު ވަނީ މަރުވެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް