ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ކުރީގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ލިޔުނީ: Unknown - Wednesday, August 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ރައްޔިތުންނަށް 2008 ވަނަ އަހަރު ކަޅުހަން ބެހުމުގައި އޭރު އެރަށު ކުޑަކަތީބު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2008 ވަނަ އަހަރު އެރަށުގެ ގެތަކަށް ހަމަޖެހިފައިވާ ވަކި އުސޫލަކުން ބެހުމަށް ސަރުކާރުން 454 ކަޅުހަން ފޮނުވާފައިވާ ކަމަށާއި އެ ހަންތައް ރައްޔިތުންނަށް ބެހުމުގައި އޭރު އެކަންތަކާ ހަވާލުވެ ހުންނެވި އޭރުގެ ކުޑަކަތީބު ލ. މާވަށު "ޕާލް" އަބްދުލް ގަފޫރު އިސްމާއިލް ކަނޑަ އެޅިފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް 10 ހަމާއި 5 ހަމާ ދެމެދުގެ އަދަދަކަށް ހަންތައް ބަހާފައިވާކަން ކަޅުހަން ބަލާދިޔަ ބައެއް ފަރާތްތަކުގެ ބަހުންނާއި ކަޅުހަން ބަހަން އުޅުނު ފަރާތަކުން ބަހުން އިނގޭ ކަމަށެވެ.

އަދި އެކަން އެގޮތަށް ހިނގާފައިވާތީ އެންޓި ކޮރަޕްޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ދަށުން އެ މައްސަލައިގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ ކަމަށް ކަނޑައަޅާ އެ މައްސަލައިގައި ގަފޫރުގެ މައްޗައް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވިފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް