ފަހުގެ ޚަބަރު


އިތުރަށް...

ނޮވެންބަރު 11ގައި ރައީސަކަށް ހުންނާނީ އަޅުގަނޑު: ގާސިމް

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަހަރުގެ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ. "މާތްﷲ އިރާދަކުރެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނާނީ ގާސިމް އިބްރާހިމް،" ޖުމްހޫރީ ޕާޓީގެ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ހިންގާފައިވާ ޖަރީމާއަށް ދުވަހަކު ވެސް މާފުނުކުރައްވާނެ ކަމަށާއި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާނީ ތިމަންނާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 24 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި ގާސިމް ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި 20،000 ވޯޓު ގާނޫނީ އުސޫލުތަކާ ހިލާފަށް ވޯޓް ލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް 70000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަރުއީ މަރުހަލާއިން އެ މައްސަލާގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލަ ނިމޭނީ އެ ޕާޓީގެ ކޮޅަށް ކަމަށް އުއްމީދު ގަބޫލްކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމުގައި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންނާއި އެތަނަށް އެއްވެހުރި ހުރިހާ ފަރާތަކުން ވެސް ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގްގެ އިސްތިއުފާއަށް ގޮވާފައެވެ.

ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އޮޅުވާލައިގެން 10،100 ވޯޓު އިތުރަށް ލާފައިވާ ކަމަށެވެ. އެ ޕާޓީން ތުހުމަތު ކުރަނީ މަރުވެފައިވާ މީހުންނާއި ރިޕޯޓްކޮށް ބައެއް މީހުން ވޯޓްލާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24 ޕަސެންޓެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް